އެމްޕީއެލްގެ ޗެއާމަންކަމަށް ކެޕްޓަން މުހައްމަދު ޝަރީފު (ސެންކޯ) ހަމަޖައްސައިފި އެވެ.

ރާއްޖޭގެ ވިޔަފާރި ބަނދަރުތައް ބަލަހައްޓާ ކުންފުނީގެ ޗެއާމަން ކަމަށް ހަމަޖެއްސުމުގެ ކުރިން އޭނާ ހުންނެވީ އެމްޕީއެލްގެ ބޯޑު ޑިރެކްޓަރުގެ މަގާމުގަ އެވެ. އެ މަގާމަށް އޭނާ ހަމަޖެއްސެވީ ފެބްރުއަރީ 6، 2019ގަ އެވެ.

ބޯޓު ދަތުރުކުރުމުގެ ދާއިރާގައި ޝަރީފު ވަނީ 1986 އިން 2005އާ ހަމަޔަށް ހަރަކާތްތެރިވެފަ އެވެ. އޭނާ ވަނީ އެމްޑީޕީގެ ވެރިކަމުގައި 2008 ވަނަ އަހަރު އެމްއެންއެސްއެލްގެ ޗެއާމަންކަން ވެސް ކުރައްވައިފަ އެވެ.

ޝަރީފު ޗެއާމަން ކަމަށް ހަމަޖެއްސެވީ އެ މަގާމުގައި ހުންނެވި މުހައްމަދު ޒަކީ (ނަޒާކީ) މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެ ކުންފުނީގެ ބޯޑުގައި މިހާރު ހިމެނިވަޑައިގަންނަވަނީ ޝަރީފުގެ އިތުރުން ސީއީއޯ ޝާހިދު އަލީ އާއި ޑެޕިއުޓީ ސީއީއޯ އިބްރާހިމް އަބްދުﷲ އާއި ޖާދުﷲ ނާޒިމް އާއި އަހުމަދު ލައިޝަމް އަދި އިބްރާހިމް އާރިފު އެވެ.