އެސްޓީއޯއިން ހާއްސަ އިނާމުތަކާއި ބޮޑު ޑިސްކައުންޓާއެކު އަހަރީ ސޭލެއް ބާއްވަން ނިންމައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނިން ބުނީ 57 ވަނަ އަހަރީ ދުވަހާ ގުޅިގެން ބާއްވާ މާދަމާ ބާއްވާ މި ސޭލްއަކީ ހިތްގައިމު ގިނަ ޑިސްކައުންޓްތަކެއް ކަސްޓަމަރުންނަށް ލިބިގެންދާނެ ހަމަ އެންމެ ދުވަހެއްގެ ސޭލްއެއް ކަމަށެވެ.

މި ސޭލް ކުރިޔައްދާނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް، އެސްޓީއޯ ސުޕަމާޓު އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގަ އެވެ.

މި ސޭލްގައި އެސްޓީއޯގެ ފިހާރަތަކުން ލިބޭ ޑިސްކައުންޓްތަކުގެ ތަފްސީލް:

  • އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް (އޭސީ ނޫން އެހެން ހުރިހާ މުދަލުން)
  • ސުޕަމާޓު ފިހާރައިން 5 ޕަސެންޓް ޑިސްކައުންޓް
  • އެސްޓީއޯ ރީޖަނަލް ފިހާރަތަކާއި ހޯމްއިމްޕްރޫވްމަންޓްގެ މުދަލުން 10 ޕަސެންޓް ޑިސްކައުންޓް

މީގެ އިތުރުން ގްރޭންޑް ލަކީޑްރޯގައި ނަސީބުވެރި އެއް ފަރާތަކަށް އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން 20،000 ރުފިޔާގެ ވައުޗަރެއް ވެސް ލިބެ އެވެ. އަދި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ކޮންމެ 57 ވަނަ ކަސްޓަމަރަކަށް ހާއްސަ އިނާމެއްގެ ގޮތުގައި 32 އިންޗި ޓީވީއެއް ވެސް ދޭ ގޮތަށް ހަމަޖެހިފައިވެ އެވެ.

އެ ކުންފުނިން ބުނީ އެސްޓީއޯ ސުޕަމާޓުން ކޮންމެ 57 ވަނަ ކަސްޓަމަރެއްގެ ބިލް މުޅިން ހިލޭކުރެވޭނެ ކަމަށެވެ.