ތިމާވެއްޓަށް ގެއްލުންވާ ގޮތަށް މަސައްކަތްކޮށްފައިވާތީ އދ. މާފުށިވަރު މޯލްޑިވްސް ރިސޯޓް ތަރައްގީ ކުރަމުން އަންނަ ކުންފުނި ޖޫރިމަނާ ކޮށްފި އެވެ.

މާފުށިވަރުގައި ރިސޯޓް ތަރައްގީކުރަމުން އަންނަނީ ޕެރަޑައިސް ރިސޯޓްސް ޑިވެލޮޕްމެންޓް އެންޑް މެނޭޖްމެންޓް ޕްރައިވެޓް ލިމިޓެޑް އެވެ.

އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ، ޕެރެޑައިސް ރިސޯޓްސް ޑިވެލޮޕްމަންޓް އެންޑް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްއިން މާފުށިވަރު ރިސޯޓް އިތުރަށް ތަރައްގީ ކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްއިން ފާސްކޮށްފައިވާ ކޮންސެޕްޓަށް ހަދާފައިވާ ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓާއި އީޕީއޭއިން މަޝްރޫއަށް ދޫކޮށްފައިވާ ހުއްދައާއި ހިލާފަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

މިކަމުގެ ސަބަބުން ޕެރެޑައިސް ރިސޯޓްސް ޑިވެލޮޕްމަންޓް އެންޑް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް، 402,500 ރުފިޔާއިން ޖުރިމަނާ ކޮށްފައިވާ ކަމަށް އީޕީއޭއިން ބުނެފައިވެ އެވެ.

އަދި މި ފައިސާ 30 ދުވަހުގެ މުއްދަތުގެ ތެރޭގައި ދެއްކުމަށް އަންގާފައިވާ ކަމަށް ވެސް އީޕީއޭއިން ބުނެފައިވެ އެވެ.