ކޮވިޑް-19 ހަލުވި ދުވެއްޔެއްގައި އަނެއްކާ ވެސް ފެތުރޭތީ، މާލޭގައި ނައިޓް މާކެޓް ބާއްވަން ހުއްދަ ނުދޭން ސިޓީ ކައުންސިލުން ނިންމައިފި އެވެ.

ސިޓީ ކައުންސިލުން މިގޮތަށް ނިންމީ ކޮވިޑްގެ އައު ވޭރިއަންޓް އޮމިކްރޯން ރާއްޖެއިން ފެނި، ބަލި ޖެހޭ އަދަދު ގިނަވަމުން ދިއުމާ ގުޅިގެން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

އޭގެ އިތުރުން ނައިޓް މާކެޓް ފަދަ އިވެންޓުތައް ބޭއްވުން ވަގުތީގޮތުން ހުއްޓާލަނީ، ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި މިވަގުތު ފެތުރެމުންދާ އޮމިކްރޯން ރާއްޖެއިން ވެސް ފެނިފައިވާއިރު، ރާއްޖޭގައި ވެސް ކޮވިޑުގެ އަދަދުތައް މައްޗަށް ދާން ވަނީ ފަށައިފަ އެވެ.

ރާއްޖެއިން އެންމެ ފުރަތަމަ އޮމިކްރޮން ވޭރިއަންޓް ހުރި މީހަކު ފެނުނީ ނޮވެމްބަރު މަހު 27 ވަނަ ދުވަހު ރާއްޖެ އައި ޓޫރިސްޓެއްގެ ގައިންނެވެ.

މިހާތަނަށް ފެނުނު ކޭސްތަކަކީ ވެސް ސައުތު އެފްރިކާ އަށް ދަތުރުކޮށްފައި އައި މީހުންގެ ގައިން ފެނުނު ކޭސްތަކެކެވެ.