ރާއްޖޭގައި ސީޕްލޭން ދަތުރެއްގައި ފުރަތަމަ ފަހަރަށް މުޅިން އަންހެން ކްރޫންތަކެއް ބައިވެރިވެއްޖެ އެވެ.

މިދަތުރުގައި ބައިވެރިވީ މަންޓާ އެއާގެ ސީޕްލޭން ދެ އަންހެން ޕައިލެޓުންނާއި އަންހެން ކެބިން ކްރޫއެކެވެ.

މާލެއިން ސޮނެވާ ޖާނީއަށް ކުރި މިދަތުރުގައި ޕައިލެޓުންގެ ގޮތުގައި ތިބީ ލަރިސާ އޮފެނޭ އާއި ތާނިއާ ކްލެންހަންސް އަދި ކެބިން ކްރޫ އައިޝަތު މުޒްނާ އެވެ.

މަންޓާ އެއާގެ ސީޕްލޭން ދުއްވުމުގައި ބައިވެރިވި އަންހެން ކްރޫން ފޮޓޯއަކަށް ހުއްޓިގެން. ފޮޓޯ: މަންޓާ އެއާ

މަންޓާ އެއާއިން ބުނީ އެ އެއާލައިންގައި ދެ އަންހެން ކެބިން ކްރޫން މަސައްކަތްކުރާ ކަމަށެވެ. އެއީ މި ދަތުރުގައި ބައިވެރިވި މުޒްނާގެ އިތުރުން އާމިނަތު ތަސްލީމާ އެވެ.

އެ ދެ އަންހެން ކެބިން ކްރޫންނަކީ ރާއްޖޭގައި މަސައްކަތްކުރާ ހަމައެކަނި ސީޕްލޭން ދެ ކެބިން ކްރޫން ކަމަށް އެ އެއާލައިނުން ބުންޏެވެ.