އއ. ތޮއްޑޫގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ޓަކައި ސްޓެވޯގެ STD600 ގެ ޖަނަރޭޓަރު ސެޓެއް އެ ރަށަށް ފޮނުވައިފި އެވެ.

ސްޓެލްކޯއިން ބުނީ ސްޓެވޯގެ ޖަނަރޭޓަރު ސެޓާއެކު ތޮއްޑޫގެ ކަރަންޓް ކެޕޭސިޓީ 1056kW އިން 1656kW އަށް އިތުރުކުރެވިގެންދާނެ ކަމަށެވެ. މިކަމުގެ ސަބަބުން އެރަށަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ހައްލެއް ލިބި ރައްޔިތުންނަށް ފައިދާ ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 4ވަނަ ދުވަހު އިފްތިތާހުކުރި ސްޓެލްކޯގެ "ސްޓެވޯ" ވޯކްޝޮޕުން އެ ސެމްބަލްކޮށްފައިވާ ފުރަތަމަ ޖަނަރޭޓަރު ސެޓް، ފޮނުވައިފައި ވަނީ އދ. ހަންޏާމީދޫއަށެވެ.

ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން ވަނީ STW ގެ ތިން މޮޑެލްއެއްގެ ޖަނަރޭޓަރު ސެޓް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފަ އެވެ. އެއީ 600STW ، 300STW ، އަދި 800 STW އެވެ.