Advertisement

ނަހަމަ ޢަމަލުތަކާ ހެދި މެލޭޝިޔާ އިން ގްރޭބް 20 މިލިޔަނުން ޖުރިމަނާކުރަނީ

FacebookTwitterWhatsAppTelegramViber

އަގުހެޔޮކޮށް ޓެކްސީގެ ޚިދުމަތްދޭ ކުންފުންޏެއް ކަމުގައިވާ ގްރޭބް އިން އެ ކުންފުނީގައި ޑްރައިވަރުންނާ އެކު ކުރެވޭ އެގްރީމެންޓު ގައި ބައެއް ކަންތައްތައް އެމީހުންނަށް ނުކުރެވޭ ގޮތަށް ހެދުމުން، މެލޭޝިޔާ ގެ 'ކޮމްޕެޓިޝަން' ޤާނޫނާ ޚިލާފުވުމުގެ ސަބަބުން އެ ކުންފުނި 86 މިލިޔަން މެލޭޝިޔާ ރިންގިޓުން (20.5 މިލިޔަން އެމެރިކާ ޑޮލަރު) ޖުރިމަނާކުރުމަށް މެލޭޝިޔާގެ ކޮމްޕެޓިޝަން ރެގިއުލޭޓްކުރާ އިދާރާ އިން ކަނޑައަޅައިފި އެވެ.

'މެލޭޝިޔާ ކޮމްޕެޓިޝަން ކޮމިޝަން' (MyCC) އިން ނިންމީ ޖަޕާނުގެ ސޮފްޓްބޭންކް ގްރޫޕް ކޯޕް ގެ އެހީތެރިކަމާ އެކު ހިންގާ ސިންގަޕޫރުގައި ރަޖިސްޓްރީކޮށްފައިވާ ގްރޭބް އިން ވަނީ އެ ކުންފުންޏަށް މާކެޓް ގައި ލިބިފައިވާ ނުފޫޒުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފާފައިވާ ކަމަށެވެ. އެއީ، އެ ކުންފުނީގެ ވާދަވެރި ކުންފުނިތަކަށް އިޝްތިހާރުކޮށްދިނުމާއި ޕްރޮމޯޓްކުރުމުގެ މަގު ގްރޭބް ގެ ޑްރައިވަރުންނަށް ބަންދުކުރި ކުރުމުގެ ސަބަބުންނެވެ.

MyCCގެ ޗެއަރމަން އިސްކަންދަރު އިސްމާޢީލް ނޫސް ކޮންފަރެންސެއް ގައި ވިދާޅުވި ގޮތުގައި، MyCC އިން އިތުރަށް ފާހަގަކުރާ ކަންތައްތަކުގެ ތެރޭގައި، ޑްރައިވަރުންނަށް މަނާކުރި ކަންތައްތަކުގެ ސަބަބުން، އެ މާކެޓުގައި އޮންނަ ވާދަވެރިކަމަށް ބުރޫއަރުވައި، ގްރޭބް ގެ މިހާރުގެ އަދި ކުރިޔަށް އަންނަން ތިބި ވާދަވެރިންނަށް ވެސް މާކެޓަށް ވަނުމަށް ހުރަސްތައް ކުރިމަތިކުރުވައެވެ.

MyCC އިން ވަނީ މިދިޔަ ބުރާސްފަތިން ފެށިގެން ގްރޭބުން މިކަން ޙައްލުނުކުރާހާ ހިނދަކު ދުވާލަކު 15،000 ރިންގިޓުން ޖުރިމަނާކޮށްފައެވެ.

އިސްކަންދަރު ވިދާޅުވި ގޮތުގައި، ފަހު ނިންމުމަކާ ހަމައަށް ދިއުމުގެ ކުރިން ގްރޭބު ގެ ހުށަހަޅުންތަކަށް 30 ދުވަސް ވަނީ ދީފައެވެ.

ގްރޭބުން ބުނެފައިވަނީ، މި ނިންމި ނިންމުމާ މެދު ވަރަށް ބޮޑަށް އެ ކުންފުނިން ޙައިރާންވެފައިވާ ކަމަށެވެ. ސަބަބަކީ، ވިޔަފާރިތަކަށް އެ ފަރާތްތަކުގެ އެކި ޕްލެޓްފޯމުތަކުގައި އިޝްތިހާރު ކުރެވޭނެތޯ އާއި، އެހެން ކުންފުނިތަކަށް އެ ޕްލެޓްފޯމުތަކުގައި ކުރެވޭނެ އިޝްތިހާރުގެ ބާވަތް ކަސްޓަމަރުންގެ ފީޑްބެކާއި ކަސްޓަމަރުން ބޭނުންވާ ގޮތަށް ކަނޑައެޅުމަކީ، ޒަމާނުއްސުރެ ކުރެވެމުންދާ ޢާއްމު ކަމަކަށް ވާތީއެވެ.

ގްރޭބުގެ ފަރާތުން ރޮއިޓަރސް އަށް މަޢުލޫމާތު ދިން އަންހެން ބޭފުޅަކު ހާމަކުރެއްވި ގޮތުގައި، 'ކޮމްޕެޓިޝަން އެކްޓް 2010' އާ އެއްގޮތްވާ ގޮތުގެ މަތިން އެ ކުންފުނިން ޢަމަލުކޮށްފައިވާ ކަމުގެ ޔަޤީންކަން ދޭ ކަމަށާއި، އެ ކުންފުނިން ހުށަހަޅާ ގޮތް ނޮވެމްބަރ 27 ގެ ކުރިން ހުށަހަޅާނެ ކަމަށެވެ.

މިދޔަ އަހަރު ރެގިއުލޭޓަރީ އިދާރާ އިން ވަނީ ގްރޭބުން ވާދަވެރި ކަމުގެ ރޫޙާ ޚިލާފަށް ކުރާ ކަންތައްތައް މޮނިޓަރ ކުރާނެ ކަމަށް ބުނެފައެވެ. އެއީ، މާޗް 2018 ގައި ވާދަވެރި އޫބަރ ޓެކްނޮލޮޖީސް އިންކް ސައުތު އޭޝިޔަން ގަތުމުންނެވެ.

މި ފިޔަވަޅާ އެކު، މެލޭޝިޔާ ވެގެންދާނީ ގްރޭބާ އޫބާ އެއްކޮށްލުމަށް ފަހު ފިޔަވަޅުއަޅާ މި ސަރަޙައްދުގެ ތިންވަނަ ޤައުމަށެވެ.

މިދިޔަ އަހަރު ގްރޭބާއި ޔޫބާ އާ ދެކޮޅަށް ސިންގަޕޫރާއި ފިލިޕީންސް ގެ އެންޓި ޓްރަސްޓް ވޮޗްޑޮގުން ވަނީ ދެ ކުންފުނި އެއްކޮށްލުމުގެ ސަބަބުން ޖުރިމަނާކޮށްފައެވެ. ސިންގަޕޫރުން ބުނާ ގޮތުގައި އެ ޑީލްގެ ސަބަބުން އަގު ވަނީ މައްޗަށް ޖެހިފައެވެ. އަނެއް ކޮޅުން ފިލިޕީންސް އިން ވަނީ އެ ދެ ކުންފުނި އެއްކޮށްލުމުގެ ކަންތައް ގެންގޮސްފައިވަނީ މާ އަވަހަށް ކަމަށާއި، ދޭ ޚިދުމަތުގެ ފެންވަރު ދަށްވެފައިވާ ކަމަށް ބުނެ ފާޑުކިޔާފައެވެ.

އެކަމަކު، އިސްކަންދަރު ވިދާޅުވި ގޮތުގައި، މެލޭޝިޔާ ރެގިއުލޭޓަރީ އިދާރާއިން ކުރި ތަޙްގީގު ބިނާވެފައިވީ ގްރޭބާ ދެކޮޅަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ މައްޗަށް ކަމަށާއި، އޫބާ އާ އެއްކޮށްލުމުގެ ސަބަބުން މުޅި މާކެޓްހެން މޮނޮޕޮލީ ކުރުމުގެ ސަބަބަކުން ނޫން ކަމަށެވެ.

މެލޭޝިޔާގެ ކޮމްޕެޓިޝަން ޤާނޫނު ގެ ދަށުން، ނާޖާއިޒު ފައިދާ ނުނަގާހާ ހިނދަކު، މާކެޓު މޮނޮޕޮލީ އަކީ އަދި ބާރުގަދަކުރުމަކީ، ޤާނޫނާ ޚިލާފުވުމެއް ނޫނެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top