Advertisement

ވޮއްލުމި ރިސޯޓު ވަނީ ޓޫރިޒަމް ޖޮބްފެއާގައި މި ޕްރޮގްރާމް ލޯންޗް ކޮށްފައި / ފޮޓޯ: ވޮއްލުމި

ވޮށްމުލި ރިސޯޓުން އެޕެރެންޓިސްޝިޕް ޕްރޮގްރާމެއް ފަށަނީ

FacebookTwitterWhatsAppTelegramViber

ދ އަތޮޅުގައި ހިންގާ ސެއިންޓް ރެޖިސް ވޮއްމުލި ރިސޯޓުން އެޕެރެންޓިސްޝިޕް ޕްރޮގްރާމެއް ފަށަން ނިންމައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ރިސޯޓުން ބުނީ މި ޕްރޮގްރާމް އަމާޒުކޮށްފައި ވަނީ ސްކޫލް ނިންމާފައި ތިބި ޒުވާން ކުދިންނަށެވެ. މި ޕްރޮގްރާމްގެ ބޭނުމަކީ ސްކޫލް ނިންމާ ދަރިވަރުން، އޯލެވެލް ނުވަތަ އޭލެވެލް އަށް ފަހު ދާއިރާގެ އެއްވެސް ތަޖުރިބާއެއް ނެތި ވަޒީފާ އަށް ނިކުތުމުން މަސައްކަތުގެ މާހަލުގައި ހިފެހެއްޓުމުގެ ފުރުސަތު ހޯދައި ދިނުން ކަމަށް އެ ރިސޯޓުން ބުންޏެވެ.

"އަޅުގަނޑުމެންނަށް ފާހަގަ ކުރެވެ ސްކޫލް ނިންމާފައި ސީދާ މަސައްކަތަށް ނިކުތުމުން މި ދާއިރާގެ ބޮޑެތި ރިސޯޓުތަކުގައި ޕްރޮބޭޝަން މުއްދަތުގައި ހިފަހައްޓާ ނުލެވިދާ ތަން. އެއީ މި ދާއިރާގެ ކަންކަން ރަނގަޅަށް ނޭނގި ތަޖުރިބާ ނެތި މަސައްކަތަށް ނިކުންނާތީ. އެކަމަށް ހައްލެއް ހޯދޭނެ މިފަދަ ޕްރޮގްރާމުން،" އެ ރިސޯޓުގެ އޮފިޝަލަކު ވިދާޅުވި އެެވެ.

އަންނަ ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަށް ހަތަރަކުން ފެށިގެން 10 އާ ދެމެދުގެ އަދަދެއްގެ ކުދިން ބައިވެރިކުރާނެ އެވެ.

އެއް އަހަރު ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ތަމްރީން ޕްރޮގްރާމުގައި ފުރަތަމަ ތިން މަސް ކުދިން ހޭދަކުރާނީ ރިސޯޓުގެ އެކި ޑިޕާޓްމަންޓްތަކުގަ އެވެ. އެ އަށް ފަހު ބާކީ ނުވަ މަސް ހޭދަކުރާނީ އެ ކުއްޖަކު އެންމެ ޝައުގުވެރިވާ އަދި ހާއްސަވާން ބޭނުންވާ ދާއިރާއެއްގަ އެވެ. މި ތަމްރީން ކުރިއަށްދާ މުއްދަތުގައި ޕޮކެޓް މަނީ ވެސް ދިނުމަށް ރިސޯޓުން ވަނީ ނިންމާފަ އެވެ.

މި ޕްރޮގްރާމަށް ޝައުގުވެރިވާ އޯލެވެލް އަދި އޭލެވެލް ނިންމާފައި ތިބި ޒުވާން ކުދިންނަށް މިހާރު ވެސް ވަނީ ފުރުސަތު ހުޅުވާލެވިފަ އެވެ. އެގޮތުން، ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރިސޯޓާ ގުޅުމަށް އެ ރިސޯޓުން އެދެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top