އެސްޓީއޯ އިން ވިއްކާ ޑީސަލާއި ޕެޓްރޯލް ވިއްކާ އަގު މިއަދު ފެށިގެން އަނެއްކާ ވެސް ބޮޑު ކޮށްފި އެވެ.

އެސްޓީއޯއިން ބުނީ ޑީސަލާއި ޕެޓްރޯލް ވިއްކާ އަގު ބޮޑުކުރަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ކަމަށެވެ.

އެ ބަދަލާއެކު، އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އެފްއެސްއެމުން މިހާރު ވިއްކާ ޕެޓްރޯލް ލިޓަރެއްގެ އަގު 12.06ރ. އަށް އަދި ޑީސަލް ލިޓަރެއް 12.44 ރ. އަށް ވަނީ ބޮޑުކޮށްފަ އެވެ.

މި ބަދަލު ގެނައުމުގެ ކުރިން ޕެޓްރޯލް ލިޓަރެއް ހުރީ 11.16ރ. ގަ އެވެ. ޑީސަލް ލިޓަރެއްގެ އަގަކީ 11.84ރ. އެވެ.

އެސްޓީއޯ އިން ބުނީ ތެލުގެ އަގު އަނެއްކާ ވެސް އުފުލުނީ މިދިޔަ ހަތް އަހަރު ތެލުގެ އަގު ބޮޑުނުވާ ވަރަށް ދުނިޔޭގެ ބާޒާރުގައި އޭގެ އަގު ބޮޑުވުމުން ކަމަށެވެ.