Advertisement

ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ އެންމެ މުހިންމު އެއް ހަރަކާތަކީ ކެއްކުމުގެ މުބާރާތް،/ ފޮޓޯ ޓޭސްޓް

155 ސްޓޯލާއެކު ހޮޓެލް އޭޝިއާ އެގްޒިބިޝަން ފަށައިފި

FacebookTwitterWhatsAppTelegramViber

ޓޫރިޒަމް ދާއިރާއަށް ބޭނުންވާ އެކިއެކި އުފެއްދުންތައް ޕްރޮމޯޓްކުރަން ބާއްވާ އެންމެ ގިނަ ދުވަސްވީ އަދި އެންމެ ބޮޑު މައުރަޒު، 155 ސްޓޯލާއެކު "ހޮޓެލް އޭޝިއާ އެގްޒިބިޝަން 2019" މިއަދު ފަށައިފި އެވެ.

މޯލްޑިވްސް އެގްޒިބީޝަން އެންޑް ކޮންފަރެންސް ސަރވިސަސްއިން އިންތިޒާމްކޮށްގެން ބާއްވާ މި އެގްޒިބިޝަން ކުރިޔަށްދާނީ މިއަދުން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގަ އެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ފެއާ ހުޅުވުމުގެ ރަސްމިއްޔާތުގައި ފެއާ އިންތިޒާމުކުރާ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް)ގެ ޑިރެކްޓަރު އަހުމަދު ޖަމީޒް ވަނީ ވިޔަފާރިވެރިން މި ފެއާ އަށް ދޭ ތަރުހީބު ފާހަގަކޮށްފަ އެވެ.

ހޮޓެލް އޭޝިއާ އެގްޒިބިޝަންގެ ތެރެއިން ޝެފުންނަށް ކުރިއަށްގެންދާ ކަލިނަރީ މުބާރާތެއް ވެސް ކުރިއަށްދާނެ އެވެ. މި އެގްޒިބިޝަންގެ ތެރެއިން "ހޮޓެލް އޭޝިއާ އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް"ގެ ނަމުގައި ކެއްކުމުގެ މުބާރާތެއް ވެސް ކޮންމެ އަހަރަކު ކުރިއަށް ގެންދެ އެވެ. މިއަހަރުގެ މުބާރާތުގައި 22 ކެޓަގަރީއިން 460 ޝެފުން ވަނީ ބައިވެރިވެފަ އެވެ. މީގެ ތެރޭގައި ދުނިޔޭގެ ނަން މަޝްހޫރު ގިނަ ޝެފުން ހިމެނޭއިރު މި މުބާރާތުގައި ބައިވެރިވާ ދިވެހި ޝެފުންވެސް ބައިވެރިވެ އެވެ. އަދި ކޮންމެ އަހަރަކު ދިވެހި ޝެފުން ބޮޑު ކާމިޔާބީ އެއްވެސް ހޯދަ އެވެ.

މި އެގްޒިބިޝަންގައި 45 ގައުމަކުން އެގްޒިބިޓަރުން ބައިވެރިވެ އެވެ. މީގެ ތެރޭގައި ޗައިނާ، ތައިލެންޑް، އޮސްޓްރޭލިޔާ، ނިއުޒިލެންޑް، ދުބާއި، އެމެރިކާ، ސިންގަޕޯ އަދި ކެނެޑާ ފަދަ ޤައުމުތައް ހިމެނެ އެވެ. މި ގައުމުތައް ހިމެނޭހެން 155 ސްޓޯލް ދަރުބާރުގޭގައި ބަހައްޓާފައިވެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top