އދ. ދިގުރަށުގެ ކަރަންޓުގެ ކެޕޭސީޓީ އިތުރުކުރުމަށްޓަކައި ސްޓެވޯގެ ޖަނަރޭޓަރު ސެޓެއް ބޭނުން ކުރަން ފަށައިފި އެވެ.

ސްޓެލްކޯއިން ބުނީ ސްޓެވޯގެ ޖަނަރޭޓަރު ސެޓާއެކު ދިގުރަށަށް ކަރަންޓުގެ ކެޕޭސިޓީ 918kW އިން 1518kW އަށް ވަނީ އިތުރު ކުރެވިފައިވާ ކަމަށެވެ. މިކަމުގެ ސަބަބުން އެރަށަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލައަށް ހައްލެއް ލިބި ރައްޔިތުންނަށް ފައިދާ ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.

އަދި މި ޖަނަރޭޓަރު ސެޓަކީ ސްޓެލްކޯގެ ސްޓެވޯ ވޯކްޝޮޕް އިން އެސެމްބަލް ކޮށްފައިވާ މިކުންފުނީގެ ސްޓެވޯ STW600 ގެ ޖަނަރޭޓަރު ސެޓެއް ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހު އިފްތިތާހުކުރި ސްޓެލްކޯގެ "ސްޓެވޯ" ވޯކްޝޮޕުން އެ ސެމްބަލްކޮށްފައިވާ ފުރަތަމަ ޖަނަރޭޓަރު ސެޓް، ފޮނުވައިފައި ވަނީ އދ. ހަންޏާމީދޫއަށެވެ.

ސްޓެލްކޯގެ ވޯކްޝޮޕް ސްޓެވޯއިން ވަނީ STW ގެ ތިން މޮޑެލްއެއްގެ ޖަނަރޭޓަރު ސެޓް ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފަ އެވެ. އެއީ 600STW ، 300STW ، އަދި 800 STW އެވެ.