Advertisement

"ދިރާގު ޕޭ" ވޮލެޓަށް ފައިސާ ޖަމާކުރަން މިހާރު ވަރަށް ފަސޭހަވާނެ

FacebookTwitterWhatsAppTelegramViber

ދިރާގުގެ ޑިޖިޓަލް ވޮލެޓްގެ ޚިދުމަތް "ދިރާގު ޕޭ" ޚިދުމަތް ބޭނުން ކުރުމަށް އިތުރު ލުއި ފަސޭހަތަކެއް އެ ކުންފުނިން ތައާރަފުކޮށްފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން ބުނީ އަލަށް ގެނައި ބަދަލާއެކު މިހާރު ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް ފަސޭހަކަމާކު ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ބީއެމްއެލް އަދި އިސްލާމިކް ބޭންކްގެ ކާޑު އަދި ބޭންކް ޓްރާސްފާ މެދުވެރިކޮށް ދިރާގު ޕޭ ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ ކަމަށެވެ.

"މި ފީޗާގެ ސަބަބުން ކަސްޓަމަރުންނަށް ކޭޝް އިން ކުރެއްވުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެން ދާނެ،" އެ ކުންފުނިން ބުންޏެވެ.

ދިރާގު ޕޭ އަކީ ނަގުދު ފައިސާއާ ނުލައި ނުވަތަ ޖީބުގައި ފައިސާ އަދި ޕްލާސްޓިކް ކާޑާ ނުލައި ވިޔަފާރީގެ އެކި މުއާމަލާތް ހިންގޭ ޑިޖިޓަލް ވޮލެޓެކެވެ. ރާއްޖޭގައި ނިއާ ފީލްޑް ކޮމިނިކޭޝަން (އެންއެފްސީ) ޓެކްނޮލޮޖީ ބޭނުންކޮށްގެން ކޮންމެ މޯބައިލް ފޯނަކުން ވެސް ތަކެއްޗާއި ޚިދުމަތްތަކަށް ފައިސާދެއްކޭނެ ގޮތާއި ފައިސާ ޖަމާކުރުމާއި ފައިސާ ނެގޭ ގޮތަށް ތައާރަފްކުރި ޚިދުމަތުގެ ސަބަބުން ކަސްޓަމަރުންނަށް ފަސޭހަކާމާއި ރައްކާތެރިކަމާއެކީ ބާޒާރުކުރުމާއި ފައިސާގެ މުއާމަލާތް ހިންގޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ފަސޭހަކަމާއެކު ކޭޝްއިން ކުރުމުގެ އިތުރުން ވެސް މި ޚިދުމަތަށް އިތުރު ފުރިހަމަކަމެއް ގެނެސް އިތުރު ފީޗާސްތައް ދާދި ފަހުން ދިރާގުން ތައާރަފްކޮށްފައިވެ އެވެ. އެގޮތުން މިހާރު ދިރާގު ޕޭ އެޕް މެދުވެރިކޮށް ދިރާގު ޕޭގެ މާޗަންޓްސް އަދި އެޖެންޓްސް ހޯދާލެވެ އެވެ. އެގޮތުން އަތޮޅާއި ރަށް ފިލްޓާކޮށް އަދި އެޖެންޓްންނާއި މާޗަންޓްސްގެ ނަން ޖަހައިގެން ވެސް އެޕުން ހޯދާލެވޭނެ އެވެ.

ދިރާގުން ބުނީ ދިރާގު ޕޭއަށް އިތުރު އެންއެފްސީ ކާޑު ގުޅުވާދެވޭ ނިޒާމެއް ވެސް ގާއިމުކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރު ކޮންމެ ދިރާގު ޕޭ ޑިޖިޓަލް ވޮލެޓަކަށް ތިން އެންއެފްސީ ކާޑު ނުވަތަ ސްޓިކާ ރަޖިސްޓާކޮށް ގުޅުވާ ލެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"ހަމަ އެއާއި އެކު ކޮންމެ ކާޑަކަށް ވެސް ވޮލެޓްގެ ވެރިފަރާތް ބޭނުންވާ ނަމެއް ކަނޑައަޅައި، ބޭނުންވާ ޓްރާންސެކްޝަން ލިމެޓެއް ކަނޑައެޅުމުގެ ފުރުސަތު ލިބޭނެ. އަދި މި ކާޑުތައް ބޭނުންކޮށް ހިންގާ ހުރިހާ ފައިސާގެ މުއާމަލާތްތަކުގެ ތަފްސީލް ފަސޭހަކަމާއެކު ދިރާގު ޕޭ އެޕް އަދި އެސްއެމްއެސްގެ ޒަރިއްޔާއިން ވަގުތުން ވަގުތަށް ބަލާލެވޭނެ،" ދިރާގުން ބުންޏެވެ.

އެ ކުންފުނިން ބުނީ ދިރާގު ޕޭގެ ހިދުމަތް ދިރާގު ކަސްޓަމަރުންނެކޭ އެއްގޮތަށް އެހެން ކޮންމެ ލޯކަލް ނެޓްވޯކެއްގެ ކަސްޓަމަރަކަށް ވެސް ބޭނުން ކުރެވޭނެ ކަމަށެވެ. އަދި ދިރާގު ޕޭގެ ޚިދުމަތް ހޯދުމަށް ރާއްޖޭގެ ކޮންމެ ތަނެއްގައި ހުންނަ ދިރާގުގެ ކަސްޓަމާ ސާވިސް އޮފީހަކަށް ގޮސް ދިރާގު ޕޭގެ ޚިދުމަތަށް ރެޖިސްޓާކުރެވޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ދިރާގަކީ އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކުންފުންޏެކެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top