މިފްކޯއިން ވެސް ޑީސަލް ވިއްކާ އަގު ބޮޑު ކޮށްފި އެވެ.

މިފްކޯއިން ބުނީ އެ ކުންފުނިން އާންމުންނަށާއި މަސްވެރިންނަށް ޑީސަލް ވިއްކާ އަގު ބޮޑު ކޮށްފައިވާ ކަމަށެވެ. އެގޮތުން މަސްވެރިންނަށް ޑީސަލް ލިޓަރެއް ވިއްކާނީ 12.08 ރުފިޔާއަށް ކަމަށާއި އާންމުންނަށް ވިއްކާނީ 14.26 ރުފިޔާއަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން މަސްވެރިންނަށް މިފްކޯ އިން ޑީސަލް ލިޓަރެއް ވިއްކަމުން އައީ 9.03ރ. އަށެވެ. އަދި އާއްމުންނަށް ޑީސަލް ލީޓަރެއް ވިއްކީ 13.19ރ. އަށެވެ.

މިފްކޯއިން ތެލުގެ އަގު ބޮޑުކޮށްފައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުންނެވެ.

މިފްކޯގެ އިތުރުން އިއްޔެއިން ފެށިގެން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި އެފްއެސްއެމުން ވެސް ވަނީ ތެލުގެ އަގު ބޮޑުކޮށްފަ އެވެ.

އެފްއެސްއެމުން ތެލުގެ އަގު ބޮޑުކުރުމުގެ ސަބަބުން މިހާރު ޕެޓްރޯލް ލިޓަރެއްގެ އަގަކީ 12.06ރ. އެވެ. އަދި ޑީސަލް ލީޓަރެއްގެ އަގު ބޮޑުކޮށްފައި ވަނީ 12.44ރ. އަށެވެ.