Advertisement

ގަންނަން ލިބޭ ޕާސްޕޯޓް: ދުނިޔޭގައި ހުޅުވާލެވިފައިވާ ރައްޔިތުކަން

FacebookTwitterWhatsAppTelegramViber

މިހާރު ދުނިޔޭގައި ކަންތައްތައް ހުރި ގޮތުން، ފައިސާ އަށް ގަނެވެން އޮތީ ހަމައެކަނި ކެރީބިއަން ޤައުމެއް ގައި ނުވަތަ ދިވެހިރާއްޖޭގައި ލަގްޒަރީ ރިޒޯޓެއް ގައި ޗުއްޓީ ހޭދަކޮށްލުމަކަށް އެކަންޏެއް ނޫނެވެ. ނުވަތަ ކެނެޑާގެ ކުބެކުން ރީތި ގެއެއް ގަނެލުމެއް އެކަންޏެއް ވެސް ނުމެ ނޫން މެއެވެ. އޭގެ އިތުރަށް މިހާރު ބައެއް ޤައުމުތަކުގެ ރައްޔިތުކަން ވެސް ގަނެލެވެން އެބަ އޮތެވެ.

އޮކްޓޯބަރ 31 ގައި އީޔޫ އިން ވަކިވުމުގެ ކުރިން އިނގިރޭސި ރައްޔިތުން މިހާރު އެ ޤައުމާ ކައިރީގައިވާ އަޔަރލޭންޑުގެ ޕާސްޕޯޓް ހޯދުމަށް ދަނީ އަވަސެވެގަންނަމުންނެވެ. މިހެން މިކަން އޮތް އިރު، ދުނިޔޭގެ މުއްސަނދި ދަތުރުވެރިން ކޮންމެހެން އިމިގްރޭޝަން ކައުންޓަރުތަކުގައި ކިއު ހަދާފައި ތިބޭކަށް ބޭނުމެއް ނުވެއެވެ.

އޭގެ ބަދަލުގައި، އެފަދަ މުއްސަނދި ދަތުރުވެރިން އިމިގްރޭޝަން ގެ ތެރެއިން ޤައުމުތަކުގައި އޮންނަ އިންވެސްޓްމެންޓް ޕްރޮގްރާމްތަކުގައި ބައިވެރިވެއެވެ. މިފަދަ އިންވެސްޓްމެންޓްތަކާ އެކު، އެ ޤައުމެއްގެ ޕާސްޕޯޓް ލިބުމަށް މަގުފަހިވެއެވެ.

އިންވެސްޓްމެންޓް ޕްރޮގްރާމްތަކުން ސިޓިޒެންޝިޕް ނުވަތަ ރައްޔިތުކަން ދިނުމަކީ، އެކަމާ މެދު ބައެއް މީހުން ޚިޔާލުތަފާތުވާ ކަމަކަށް ވިޔަސް ކުރިއަރަމުން އަންނަ އިންޑަސްޓްރީއެއް ކަމަށް މިހާރު ބެލެވެއެވެ. ގިނަ ބަޔަކު ބަލަބަލާ ތިބި މިފަދަ ޕްރޮގްރާމެއް އޮކްޓޯބަރ 4 ގައި ޔޫރަޕްގެ ޤައުމެއް ކަމަށް ވާ ޔޫގޯސްލޭވިޔާގެ ބައެއްގެ ގޮތުގައި ކުރިން އޮތް އެކަމަކު މިހާރު މިނިވަން މޮންޓެނީގްރޯ އިން ވަނީ އެޕްލިކޭޝަންތައް ބަލައިގަންނަން ފަށާފައިވާ ކަމަށް މިހާރު ވަނީ އިޢުލާންކޮށްފައެވެ.

މެޑްޓްރޭނިއަން ކަނޑުގެ އައްސޭރީގައި ވާ މޮންޓެނީގްރޯ އިން ވަނީ، އެ ޤައުމުގެ ޕާސްޕޯޓް ގަތުމަށް 2000 ފުރުޞަތު އޮތް ކަމަށް އިޢުލާންކޮށްފައެވެ. މި ޕާސްޕޯޓް ގެ އަގަކީ، ތަރައްޤީގެ މަޝްރޫޢުތަކުގައި 274،000 އެމެރިކާ ޑޮލަރު އިންވެސްޓް ކުރުމެވެ.

މީގެ އިތުރަށް އެޕްލިކޭޝަން ގެ އަގެއްގެ ގޮތުގައި އެއް ލައްކަ ޔޫރޯ ވެސް ދައްކަން ޖެހެއެވެ.
މިފަދަ އިންވެސްޓްމެންޓްތައް ކޮށް ޕާސްޕޯޓް ގަންނަނީ، 2 އާ 15 މިލިޔަން ޑޮލަރާ ދެމެދުގެ ބޮޑު އާމްދަނީ ހޯދާ ވިޔަފާރިވެރިންނެވެ.

އިންވެސްޓްމެންޓުން އިމިގްރޭޝަންގެ ތެރެއަށް ވަދެވޭ ގޮތަށް މިކަން އެންމެ ފުރަތަމަ ތަޢާރަފުކުރީ 1984 ގައި ކެރީބިއަން ގައި އޮންނަ ދެ ޖަޒީރާ ގެ މައްޗަށް އެކުލެވޭ ސެންޓް ކިޓްސް އެންޑް ނެވިސް އިންނެވެ. މިކަން މަޤްބޫލުވެގެން ދިޔައީ 2009 ގައި މިކަމާ ގުޅިގެން ހުރި ފުރުޞަތުތައް އެ ޤައުމުން ވަރަށް ބޮޑަށް މާކެޓްކުރަން ފެށުމުންނެވެ.

ކެރީބިއަން އިންވެސްޓްކޮށްގެން ޕާސްޕޯޓް ގަނެލެވޭ އެހެން ޕްރޮގްރާމްތައް ވެސް އެކި ޤައުމުތަކުގައި އެބަ ހިންގައެވެ. ސަބަބަކީ، އެ ޤައުމުތަކުން ފައިސާ ހޯދަން ބޭނުންވުމާއި، ބޭރުގެ އިންވެސްޓްމެންޓްތައް ގެންނާނެ މާގިނަ ފުރުޞަތުތައް އެ ޤައުމުތަކުގައި ނެތުމެވެ.

އޭގެ ފަހުން އިންވެސްޓްކޮށްގެން ރައްޔިތުކަން ގަނެލެވޭ ޕްރޮގްރާމްތައް ވަކި ސްޓޭންޑަޑްތަކާ އެކު، އެމެރިކާ އާއި، ކެނެޑާ އާއި، އިނގިރޭސިވިލާތް ފަދަ ތަރައްޤީވެފައިވާ ޤައުމުތަކުގައި ވަނީ ހިންގަން ފަށާފައެވެ. އޭގެ އިތުރަށް ޔޫރަޕްގެ މަދު ޤައުމަކުން ވެސް މިފަދަ ޕްރޮގްރާމްތައް ހިންގައެވެ.

އޮސްޓްރިޔާ އާއި، އެންޓިގުއާ އާއި، ބާބުޑާ އާއި، މޯލްޓާ އާއި، ސައިޕްރަސް އާއި، ޑޮމިނިކާ އިން ދަނީ މި ފަދަ އިމިގްރޭޝަން ޕްރޮގްރާމްތައް މިހާރު ވެސް ވަރަށް ބޮޑަށް މާކެޓްކުރަމުންނެވެ. އިތުރަށް މިކަން ފައްޓަން ގަސްތުކުރާ ޤައުމުތަކުގެ ތެރޭގައި، ޖިއޯޖިއާ އާއި، ކަޒަކްސްތާން ހިމެނެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި، ރައްޔިތުކަން ގަތުމުގެ އިންވެސްޓްމެންޓް ޕްރޮގްރާމްތަކުގައި އަހަރަކު 5000 މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ބައިވެރިވަމުންނެވެ.

އިންޓަރނޭޝަނަލް ފައިނޭންޝަނަލް އެޑްވައިޒަރީ ފާމެއް ކަމުގައިވާ އެޕެކްސް ކެޕިޓަލް ގެ ފައުންޑަރ ނޫރީ ކަޒް އަކީ، މިފަދަ އެއް ފަރާތެވެ. ކަޒް އަކީ އަޞްލު އެމެރިކާ މީހެކެވެ. އޭނާ އަކީ މިހާރު އިޒްރޭލާއި، ކެނެޑާ އިން ރައްޔިތުކަން ގަނެފައެވެ. ކެނެޑާ ގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި އެވެ. އޭގެ ފަހުން، އޭނާ ވަނީ ރިއަލް އެސްޓޭޓް އިންވެސްޓްމެންޓަކުން ސެންޓް ކިޓްސް އެންޑް ނެވިސް ގެ ރައްޔިތުކަން ހޯދާފައެވެ. އޭގެ އިތުރަށް، އޭނާ އަކީ، ގެއެއް ގަނެގެން އެންޓިގުއާ ގެ ރައްޔިތުކަން ވެސް ގަނެފައެވެ. މިހާރު ޢާއިލާ އާއެކު އޭނާ ދިރިއުޅެނީ ވެސް އެންޓިގުއާ ގައެވެ.

މިފަދަ ޕްރޮގްރާމްތަކުން ޤައުމުތަކުގެ ރައްޔިތުކަން ގަތުމަށް އެތަކެއް އަހަރެއް ނަގައެވެ. ޤައުމުތަކުގައި އިންވެސްޓްމެންޓް އިމިގްރޭޝަންގެ އަގުތަކަށް ބަލާއިރު، ޑޮމިކާ ގެ އެއްލައްކަ ޑޮލަރުން ގެ ފީ އިން ފެށިގެން ސައިޕްރަސް ގެ އެންމެ ދަށް އަގު ކަމަށްވާ 2.15 މިލިޔަން ޑޮލަރު ގެ ބޮޑު ޢަދަދުތައް ފާހަގަކޮށްލެވެއެވެ.

ސައިޕްރަސްގެ އަގު ބޮޑުވާ ސަބަބެއް ކަމަށް ބެލެވެނީ، އެއީ ޔޫރަޕްގެ ޤައުމަކަށް ވެފައި، ޕްރޮސެސިންގ ވަގުތު މަދުވުމާއި، ހުށަހަޅަންޖެހޭ ލިޔުންތަކުގެ ބޮލުގެ ރިހުން ކުޑަވުމެވެ.

އެހެން ބައެއް މަޤްބޫލު ޕާސްޕޯޓްތަކުގެ ތެރޭގައި، ޕޯޗްގަލް ވެސް ހިމެނެއެވެ. އެއީ، 2 އަހަރުގެ ރެސިޑެންސީ ޕާމިޓެއް ދީގެން އަވަހަށް ނުވަތަ ފާސްޓް ޓްރެކުން ރައްޔިތުކަން ދޭ އެ ޤައުމުގެ ގޯލްޑަން ވިސާ ޕްރޮގްރާމެވެ. އެކަމަކު، 550،000 ޑޮލަރުގެ އަގުހުރި ރިއަލް އެސްޓޭޓް އިންވެސްޓްމެންޓެއް ކުރަން ޖެހެއެވެ.

އެންމެ އަގުހެޔޮކޮށް އަގުތައް ހުރީ ކެރީބިއަން ގެ އެންޓިގުއާ އެންޑް ބާބުޑާ ފަދަ ޤައުމުތަކެވެ. އެއީ، ނެޝަނަލް ޑިވެލޮޕްމެންޓް ފަންޑު ގައި އެއް ލައްކަ ޑޮލަރުގެ އިންވެސްޓް ކުރުމެވެ.

ބައެއް މީހުންނަކީ، ހޮބީއެއް ގެ ގޮތުގައި ކާރާއި ސަމަރ ހޯމް ގަންނަ ގޮތަށް އެކި ޤައުމުތަކުގެ ޕާސްޕޯޓް ގަންނަ މީހުންނެވެ.

އެއިން ދޭހަކޮށްދެނީ، އެ ފަދަ ފަރާތްތަކުގެ މާލީ ޙާލަތު ވަރަށް ރަނގަޅުވެ ދެވަނަ ޤައުމެއްގެ ރައްޔިތުކަން ގަތުމުގެ ޝައުޤުވެރިކަން އުފެދުމެވެ.

މިފަދަ ޕްރޮގްރާމްތަކުން ލިބޭ ގެއްލުންތަކަށް ބަލާއިރު، އިޤްތިޞާދީ އަދި ސިޔާސީ ގެއްލުންތަކެއް އެބަހުއްޓެވެ. ބައެއް މީހުން އެއީ 'ސައިޑް އިފެކްޓްތަކޭ' ވެސް ކިޔައެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top