Advertisement

ސެންޓާރާ އިން މާލެ އަތޮޅު ފަޅެއް ހިއްކައިގެން އިތުރު ރިސޯޓެއް ހަދަނީ

FacebookTwitterWhatsAppTelegramViber

ތައިލެންޑުގެ ސެންޓާރާ ހޮޓެލްސް އެންޑް ރިސޯޓްސް އިން މާލެ އަތޮޅުގެ ފަޅެއް ހިއްކައިގެން އިތުރު ރިސޯޓެއް ތަރައްގީކުރަން ނިންމައިފި އެވެ.

ސެންޓާރާ އިން ހިއްކަނީ ސީދާ ކޮން ފަޅެއް ކަމެއް ނޭނގެ އެވެ. އެހެން ނަމަވެސް، އެ ފަޅު ހިއްކުމުގެ މަަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ.

އެމްޓީސީސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކ. އަތޮޅުގެ ފަޅަކުން 21 ހެކްޓަރުގެ ބިން ހިއްކަން ސެންޓާރާ އިން ހަވާލުކޮށްފައިވާ ކަމަށެވެ. އެ ކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބެންކޮކުގައި ހުންނަ ސެންޓާރާގެ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު އެވެ. ސެންޓާރާގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ޗިޔަރުތް ޗިޔަރަތްވިރަތު އެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން، ޖުމްލަ ތިން ރަށް ހިމެނޭ ގޮތަށް ބިން ހިއްކަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ޝޯ ޕްރޮޓެކްޝަން މަސައްކަތާއި ނެރުގެ މަސައްކަތް ވެސް ހިމެނޭ ގޮތަށް ހަވާލުކޮށްފައިވާ މި މަޝްރޫއު 300 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ތައިލެންޑުގެ އެންމެ ބޮޑު އެއް ހޮސްޕިޓަލިޓީ ކުންފުނި ކަމަށްވާ ސެންޓާރާ އިން ރާއްޖޭގައި ދެ ރިސޯޓެއް ހިންގަ އެވެ. އެއީ މާލެ އަތޮޅުގައި ހިންގާ ސެންޓާރާ ރަސް ފުށި ރިސޯޓް އެންޑް ސްޕާ އަދި އދ. އަތޮޅުގައި ހިންގާ ސެންޓާރާ ގްރޭންޑް އައިލެންޑް ރިސޯޓް އެންޑް ސްޕާ އެވެ.

ސެންޓާރާ އިން ރާއްޖޭގައި ތިންވަނަ ރިސޯޓެއް ހިންގުމަށް 2017 ވަނަ އަހަރު ދިވެހި ކުންފުންޏަކާއި ސިންގަޕޫރު ކުންފުންޏަކާ އެކު މެނޭޖްމަންޓް އެއްބަސްވުމެއްގައި ސޮއިކުރި އެވެ. ސެންޓާރާ ގްރޭންޑް މުތާފުށި ރިސޯޓް އެންޑް ސްޕާގެ ނަމުގައި ބ. އަތޮޅުގައި ތަރައްގީކުރަން ނިންމި އެ ރިސޯޓް މި އަހަަރުގެ ތެރޭގައި ހުޅުވަން އޭރު ނިންމާފައި ވިޔަސް، އެ މަޝްރޫއުގެ ޚަބަރެއް ފަހުން ނުވެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top