Advertisement

މި މުބާރާތުގެ މެޑަލް އަދި ބޮއެ ދައްކާލަނީ/ ފޮޓޯ: ދިރާގު

198 ފެތުންތެރިންނާ އެކު ދިރާގު މާލޭ އޯޕަން މުބާރާތް ހޮނިހިރު ދުވަހު

FacebookTwitterWhatsAppTelegramViber

ދިރާގު މާލޭ އޯޕަން ފެތުމުގެ މުބާރާތް އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމައިފި އެވެ.

މި މުބާރާތް އޮންނާނީ އަންނަ ހޮނިހިރު ދުވަހު ރަސްފަންނު ސަރަހައްދުގަ އެވެ. މިހާތަނަށް މި މުބާރާތުގައި ބައިވެރިވުމަށް 198 ފެތުންތެރިން ވަނީ ރަޖިސްޓްރީކޮށްފަ އެވެ.

ދިރާގާއި ސުވިމް މޯލްޑިވްސް ގުޅިގެން ބާއްވާ މި މުބާރާތް ކުރިއަށް ގެންދާނީ ތަފާތު އުމުރުފުރާތަކަށް ބަހާލައިގެން ދެ ކެޓެގަރީއެއް ހިމެނޭ ގޮތަށެވެ. އެއީ އެއް ކިލޯމީޓަރުގެ ކެޓެގަރީ އަކާއި 500 މީޓަރުގެ ކެޓެގެރީ އެކެވެ.

މި މުބާރާތުގައި ކޮންމެ އުމުރުފުރާ އަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވުމަށް ވަނީ ހަމަ ޖެހިފަ އެވެ. އަދި މި މުބާރާތް ނިންމާ ކޮންމެ ފެތުންތެރިއަކަށް ވެސް މެޑަލްއެއް ލިބޭނެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top