Advertisement

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ވިޔަފާރިތަކުގެ ސާވޭ މި މަހު ފަށަނީ

FacebookTwitterWhatsAppTelegramViber

މުސާރަ އާއި އުޖޫރައިގެ ގޮތުގައި އެންމެ ކުޑަކޮށް ދެވޭނެ އަދަދެއް ކަނޑައެޅުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންޓަޕްރައިސް ސާވޭ މި މަހުގެ ތެރޭގައި ފަށަން ނިންމައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީ އާއި ރިޔަން ޕްރައިވެޓް ލިމިޓެޑާއި ދެމެދު މިހާރު ވަނީ، ރާއްޖޭގައި ހިންގާ ވިޔަފާރިއާ ބެހޭ ސާވޭ ނުވަތަ އެންޓަޕްރައިސް ސާވޭއެއް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ހަތަރު ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސާވޭ ރާއްޖޭގެ ދެކުނާއި އުތުރުގެ ރަށްތަކުގައި ކުރާނެ އެވެ. ސާވޭ ކުރާނެ ރަށްތައް ކަނޑައެޅުމަށް ހަމަޖެހިފައި ވަނީ، މާލެ އާއި އައްޑޫ އަދި ފުވައްމުލައް ހިމެނޭ ގޮތަށް، އިތުރު ހަތް ރަށެއްގަ އެވެ.

މައިގަނޑު ގޮތެއްގައި މި ސާވޭ ކުރިއަށް ގެންދާނީ ޓޫރިޒަމް އަދި ކޮންސްޓްރަކްޝަންގެ އިތުުރުން، ހޯލް ސޭލް އަދި ރީޓެއިލް ވިޔަފާރިތަކަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފައިވެ އެވެ. މި ސާވޭގައި، މިހާރުގެ ވަޒީފާގެ ހާލަތައި މުސާރަ އާއި މިނިމަމް ވޭޖް ކަނޑައެޅުމުގެ ކަންކަމުގައި ވިޔަފާރިތަކުން ދެކޭ ގޮތް ނުވަތަ އެ ކަމާ ގުޅޭ ގޮތުން ހިޔާލު ހޯދާނެ ކަމަށް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

މި ސާވޭ ކުރިއަށް ދާއިރު ސާވޭގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ވެސް ޓީމަށް އެއްބާރުލުން ދިނުމާއި އެކަށީގެންވާ މައުލޫމާތު ފޯރުކޮށްދިނުމަށް މުސާރަ އާއި އުޖޫރާއާ ގުޅޭ ގޮތުން ލަފާ ދޭ ބޯޑުން ވަނީ އެދިފަ އެވެ.

ރާއްޖޭގައި ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަށް ކުރަމުން އަންނަ މަސައްކަތް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ކުރިން ބުނެފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top