Advertisement

އެްބަސްވުމަށް ފަހު ބޭއްވި ޕްރެސްކޮންފަރެންސް/ ފޮޓޯ: ފިނޭންސް މިނިސްޓްރީ

އައިޓީއެފްސީ އެހީގެ ދަށުން އަހަރަކު ބޭނުންކުރާނީ 300 މިލިއަން ޑޮލަރު

FacebookTwitterWhatsAppTelegramViber

ދިވެހި ސަރުކާރާއި އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާ ދެމެދު މިއަދު ސޮއިކުރެވުނު 1.5 ބިލިއަން ޑޮލަރުގެ ފްރޭމްވާކް އެއްބަސްވުމުގެ ދަށުން އަހަަރަކު ދޫކުރުމަށް ހަމަޖެހިފައި ވަނީ 300 މިލިއަން ޑޮލަރު ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

މި އެއްބަސްވުމުގައި ސޮއުކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން، ވިޔަފާރި އާއި އިގްތިސޯދު ކުރިއެރުވުމަށް ފަސް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި 1.5 ބިލިއަން ޑޮލަރުގެ މާލީ އެހީ ލިބުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

"1.5 ބިލިއަން ޑޮލަރުގެ މި އެއްބަސްވުމުމުގެ މުއްދަތަަކީ ފަސް އަހަރު. މި ފަންޑުން އަހަރަކު 300 މިލިއަން ޑޮލަރު ދޫކުރެވިގެން ދާނެ،" އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ފައިސާ ބޭނުންކުރާ ކޮންމެ ކަމަކަށް ވަކި އެއްބަސްވުމެއްގައި ސޮއިކުރެވޭނެ ކަމަށެވެ.

"މިފްކޯގެ ތަރަައްގީއަށްޓަކައި އަޅުގަނޑުމެން ވަރަށް ބޮޑެތި މަސައްކަތްތައް ކުރަން އެބަޖެހޭ. މިފްކޯގެ ސްޓޯރޭޖާއި މަސްދަޅު ބަންދުކުރާ ފެކްޓްރީގެ ކެޕޭސިޓީ ވެސް އެބަޖެހޭ އިތުރު ކުރަން. މިފްކޯ އަދި އެސްޓީއޯގެ ފަރާތުން އައިޓީއެފްސީ އާއި މަޝްވަރާކުރަމުން ދަނީ ޕްރޮޕޯސަލް ވެސް ޝެއާކޮށްފައި ވަނީ. މި ފައިނޭންސިން ފެސިލިޓީގެ ތެރެއިން އެ މަސައްކަތްތައް ކުރިއަށް ގެންދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން، އެސްއެމްއީ ބޭންކް ނުވަތަ އެސްޑީއެފްސީ ތެރެއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަހި ފުުރުސަތުތަކެއް ހަމަޖެއްސުމަށް ވެސް މި އެހީ ބޭނުންކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިހާރު އެކުލަވާލާފައިވާ ބޮޑެތި އަދި އިސްކަންދޭ ޕްރޮޖެކްޓްތަކަށް ފައިސާ ހަމަޖެހިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު އަމީރު ވިދާޅުވި މިއީ ކުރިއަށް އޮތް އަހަރުތަކުގައި ތަރައްގީ އަށް ބޭނުންވާ ބޮޑެތި ޕްރޮޖެކްޓްތަކަށް ފައިނޭންސް ލިބޭނެ ކަމުގެ ޔަގީންކަމެއް ކަމަށެވެ.

އަޅުގަނޑުމެންނަށް ކުރިއަށް އޮތްތަނުގައި ފަސޭހަކަމާ އެކު ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ފައިނޭންސިން ހަމަޖެހުނުކަމުގެ ހިތްހަމަޖެހުމެއް އަސްލު މިއީ،" މިނިސްޓަރު ވިދާޅުވި އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top