Advertisement

ސީޕްލެން އަށް މަަރުހަބާ ކިޔުމަސް ވޯޓާ ސެލިއުޓެއް ދެނީ. ފޮޓޯ: މަންޓާ އެއާ

މަންޓާގެ ފުރަތަމަ ސީޕްލޭން ގެނެސްފި، އަންނަ މަހު ދަތުރުތައް ފަށަނީ

FacebookTwitterWhatsAppTelegramViber

ދިހަ ސީޕްލޭނާއެކު އަންނަ ނޮވެމްބަރު މަހު މަންޓާ އެއާއިން ސީޕްލޭން ދަތުރު ފަށަން ތައްޔާރުވެއްޖެ އެވެ.

މަންޓާ އެއާއިން ސީޕްލޭން ދަތުރު ފެށުމަށް މިއަދު ވަނީ ފުރަތަމަ ސީޕްލޭން ރާއްޖެ ގެނެސްފަ އެވެ. ޑީއެސްޗީ-10 ޓުވިން އޮޓާ މަރުކާގެ މިބޯޓު އައީ ކެނެޑާ އިން ފުރައިގެން ހަތް ތަނެއްގައި މަޑު ކުރުމަށް ފަހު، 16،000 ކިލޯމީޓަރުގެ ދިގު ދަތުރަކަށްފަހު އެވެ. މި ބޯޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޖެއްސުމާއެކު ވަނީ ވޯޓާ ސެލިއުޓެއް ދީފަ އެވެ. އަދި މަންޓާގެ އިސްވެރިންނާއި ވަރަށް ގިނަ މުވައްޒަފުން މަންޓާ އެއާގެ މި ތާރީހީ ބޯޓް ގެނައުމުގެ ރަސްމިއްޔާތުގައި ބައިވެރިވި އެވެ. މީގެ ދެވަނަ ބޯޓު މާދަމާ މާލެ އަންނާނެ އެވެ.

މަންޓާ އެއާގެ ޗީފް މާކެޓިން އޮފިސަރު އަހްމަދު މައުމޫން ވިދާޅުވީ މަންޓާ އެއާއިން ސީޕްލޭންގެ ހިދުމަތް ފަށާނީ މުޅިން ތަފާތު ހިދުމަތެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން މީހުންނަށް އިތުބާރު ކުރެވޭ ހިދުމަތެއް ދިނުމަށް، ދުރާލާާ ޓިކެޓް ބުކް ކޮށްގެން ފުރަން އޮންނަ ދުވަހަކަށް ޖާގަ ކަށަވަރު ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަންޓާގެ ފުރަތަމަ ސީޕްލޭން ވެލާނާ އެއާޕޯޓުގައި.

"ފިކްސްޑް ޝެޑިއުލް އަކަށް އެޑްވާންސް ބުކިންއާ އެއްކޮށް މަންޓާގެ ސީޕްލޭންގެ ހިދުމަތް ފޯރުކޮށްދިނުމަކީ، އަޅުގަނޑު ހިތުން މިވަގުތު ސީޕްލޭންގެ ހިދުމަތް ހޯދާ ހުރިހާ ފަރާތްތައް ވެސް ދެމުން އަންނަން ދުވަހެއްހެން. މަންޓާ އެގޮތަށް ހިދުމަތް ފެށީމަ އަޅުގަނޑުމެންނާ ބައިވެރިވާނެ ވަރަށް ގިނަ ޕާޓްނަރުން ތިބޭނެ ކަމަށް މިބަލަނީ،" މައުމޫން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފުރަތަމަ ދަތުރު ފަށާނީ، މަންޓާގެ ފްލައިޓް އޮޕަރޭޓްކުރާ ސަރަހައްދުގައި ހުރި ރިސޯޓްތަކަށް ކަމަށެވެ. އެހެން ނަމަވެސް މަންޓާ ސީޕްލޭންގެ ހިދުމަތް ބޭނުންވާ ހުރިހާ ފަރާތްތަކަށް ދަތުރު ފެށުމަށް މަންޓާ ސީޕްލޭން އޮތީ ތައްޔަރަށް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

އެއާލައިނުން ވަނީ ސީޕްލޭންގެ ހިދުމަތް ފެށުމަށް އަމިއްލަ ޑޮކް ސިސްޓަމެއް ވެސް ގާއިމްކޮށްފަ އެވެ. އަދި ސީޕްލޭން ޓާމިނަލް ބޭނުންކުރުމަށް އެތަނުން ޖާގަ ހޯދުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ވެސް މަންޓާއިން ބުންޏެވެ.

އެ އެއާލައިނުން ބުނީ އަންނަ މަހު ސީޕްލޭން ދަތުރު ފަށާއިރު، މި މަހުގެ ތެރޭގައި ފަސް އެއާ ކްރާފްޓް ރާއްޖެ ގެނެވޭނެ ކަމަށެވެ. އަދި އިތުރު އެއާ ކްރަފްޓް ނޮވެމްބަރު އަދި ޑިސެމްބަރު މަހު ގެންނާނެ ކަމަށް ވެސް މަންޓާ އިން ބުންޏެވެ.

ފަސިންޖަރުންނާ ގާތް ގުޅުމެއް ބާއްވައި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދެމުން އަންނަ މަންޓާގެ ފްލީޓުގައި އެންމެ ފަހުގެ އޭޓީއާރު 600-72 މަރުކާގެ މުޅިން އާ ތިން ބޯޓު އޮންނައިރު، އެ އެއާލައިނުން މިވަގުތު ދަތުރުކުރަނީ ދެ މަންޒިލަކަށެވެ. އެއީ، ދ. ކުޑަހުވަދޫ އަށާއި ބ. ދަރަވަންދޫ އަށެވެ. އެހެން ނަމަވެސް، ކައިރި މުސްތަގުބަލެއްގައި އިތުރު ބޯޓެއް ގެނެސް، އިތުރު މަންޒިލްތަކަށް ދަތުރު ފެށުމަށް އެ އެއާލައިނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މައުމޫން މިއަދު ވިދާޅުވީ މަންޓާއިން އިތުރު ސަރަހައްދުތަކަށް ވެސް ދަތުރު ފަށާނެ ކަމަށެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top