Advertisement

އިޠޫ އްއި ރއްޖެއާއި އެކު ބޭއްވި ވިޔަފާރިއާއި ބެހޭ ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: އިކޮނޮމިކް މިނިސްޓްރީ

އީޔޫގެ ވިޔަފާރިތަކަށް ރާއްޖޭގައި އޮތީ ރައްކާތެރި، ފަހި މާހައުލެއް: މިނިސްޓަރު

FacebookTwitterWhatsAppTelegramViber

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަކީ ދިވެހިރާއްޖެ އަށް މުހިއްމު ބައިވެރިއެއް ކަމަށާއި އީޔޫގެ ގައުމުތަކުގެ ވިޔަފާރިތަކަށް ފަހި އަދި ރައްކާތެރި މާހައުލެއް ރާއްޖޭގައި ގާއިމުކުރަން ސަރުކާރުން މަސައްކަތް ކުރާނެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

އީޔޫ އާއި ރާއްޖޭން މިދިޔަ އަންގާރަ ދުވަހު ބޭއްވި ވަށްމޭޒު ޖަލްސާ އަށް ފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި އިކޮމޮނިކް މިނިސްޓަރު ފައްޔާޒު ވިދާޅުވީ އީޔޫ އަކީ ރާއްޖޭގެ މުހިއްމު ބައިވެރިއެއް ކަމަށާއި މިފަހަރުގެ މަޝްވަރާތަކަކީ އީޔޫއާ އެކު އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށެވެ.

"އީޔޫ އަކީ ދިވެހިރާއްޖެ އަށް ވަރަށް މުހިއްމު ބައިވެރިއެއް. އަޅުގަނޑުމެންގެ ފުރަތަމަ މަޝްވަރާގައި އުފެއްދި ޑަޔަލޮގަކީ ދެ ފަރާތުގެ ގުޅުން އިތުރަށް ބަދަހިކުރަން ކުރާ ގިނަ މަސައްކަތްތަކެއްގެ ތެރެއިން ފުރަތަމަ ފިޔަވަޅު. ސަރުކާރުގެ ފަރާތުން އަޅުގަނަޑު ޔަގީންކަން ދެން އީޔޫގެ ގައުމުތަކަށް ރާއްޖޭގައި އިސްވެސްޓް ކުރުމަށް އޮތީ ވަރަށް ފަހި އަދި ރައްކާތެރި މާހައުލެއް ގާއިމުވެފައި،" ފައްޔާޒް ވިދާޅުވި ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވަނީ ރާއްޖޭގައި ހުރި ފުރުސަތުތަކާއި މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން ޕްރެޒެންޓޭޝަން ދީފަ އެވެ. އޭގެ ތެރޭގައި، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު އަދި އެންވަޔަރްމެންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ހިމެނިވަޑައިގަންނަވަ އެވެ.

އީޔޫއާ އެކު މި ބޭއްވި މަޝްވަރާތަކުގެ މައިގަނޑު މަގުސަދަކީ އީޔޫގެ ގައުމުތަކުން ރާއްޖޭގައި ވިޔަފާރި އާއި އިންވެސްޓްކުރުމުގެ ފުރުސަތު ފަހިކޮށް، އެކަން ފަސޭހަ އިން ކުރެވޭނެ މަގު ފަހިކޮށް ދިނުމެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top