Advertisement

ގޯލްޑްމަން ބޭންކުން އެތަކެއް ބިލިޔަން ޑޮލަރު ހޮންގ ކޮންގ އިން ސިންގަޕޫރަށް

FacebookTwitterWhatsAppTelegramViber

ހޮންގކޮންގ ގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ސިންގަޕޫރަށް ލިބޭ ފައިދާގެ ޢަދަދު ގައިމު ވެސް 4 ބިލިޔަން ޑޮލަރަށް އެބަ އަރައެވެ.

އެ ޢަދަދަކީ، ހޮންގކޮންގ ގައި ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން ސިންގަޕޫރަށް އިންވެސްޓަރުން ބަދަލުކޮށްފައިވާ ފައިސާގެ ޢަދަދު ކަމަށް ގޯލްމަން ސެޗްސް ގްރޫޕް އިންކް އިން ލަފާކުރާ ޢަދަދެވެ. ނިއުޔޯކު ގައި ގާއިމްވެފައިވާ ބޭންކުން އަންދާޒާކުރި ގޮތުގައި، ހޮންގކޮންގ އިން ސިންގަޕޫރަށް ބަދަލުކޮށްފައިވާ ފައިސާގެ ޢަދަދު 3 އާ 4 ބިލިޔަން ހޮންގކޮންގ ޑޮލަރާ ދެމެދަށް އަރައެވެ. ސިންގަޕޫރު ބެލެވިފައިވަނީ ހޮންގކޮންގ ފިޔަވައި މި ސަރަޙައްދުގެ ދެވަނަ މާލީ މަރުކަޒުގެ ގޮތުގައެވެ.

"ހޮންގކޮންގ ޑޮލަރުން ބެންކަށް ޖަމާކުރާ ފައިސާ އިން ބައެއް ބޭރުވަމުންދާ ކަމާއި، އަދި އެ މިންވަރަށް ހޮންގކޮންގ ޑޮލަރު ސިންގަޕޫރަށް ވެސް ޖަމާކުރަމުންދާ ކަން އަޅުގަޑުމެންނަށް ވަނީ ފާހަގަކުރެވިފައި"، މިކަންތައްތައް ތަޙްލީލުކުރާ މުޙައްލިލުން ކަމުގައިވާ ގުރްޕްރީޓް ސިންގ ސަހީ އާއި، ޔިންކިއަންގ ގުއޯ އިންވެސްޓަރުންނަށް މިދިޔަ ހަފުތާގެ ހޯމަ ދުވަހު ފޮނުވި ނޯޓެއްގައި ބުނެފައި ވެއެވެ.

އަހަރެއްގެ ތެރޭގައި ހޮންގކޮންގ ޑޮލަރުން އެ ޤައުމުގެ ބޭންކުތަކަށް ޖަމާކުރި ފައިސާގެ ޢަދަދު މިދިޔަ އޮގަސްޓް މަހު މަދުވެފައިވާ އިރު، ހޮންގކޮންގ ގެ މަރުކަޒީ ބޭންކުގެ ވެރިޔާ އެކަން ގުޅުވާފައިވަނީ ޙިއްޞާވިއްކުން މަދުވުމާ އެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި، މިދިޔަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ކޮޅު ޖަމާކުރި ފައިސާގެ ޢަދަދު ވަނީ އިތުރުވެފައެވެ. އެކަމަކު އެއީ، ފަހުން މުޒާހަރާތައް ވަރުގަދަވެ، އެކަކު ގަޔަށް ބަޑިޖެހުމުގެ ކުރިންނެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top