ރާއްޖޭގައި މަސް އެކްސްޕޯޓުކޮށްގެން މިދިޔަ އަހަރު ލިބުނު އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެމްއެމްއޭ އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު 2021 ވަނަ އަހަރު ރާއްޖެއިން ބޭރުކޮށްފައިވަނީ 139 މިލިއަން ޑޮލަރުގެ މަހެވެ. އެއީ 82،000 މެޓްރިކް ޓަނުގެ މަހެވެ. 2020 ވަނަ އަހަރު 155 މިލިއަން ޑޮލަރުގެ މަސް އެކްސްޕޯޓު ކޮށްފައިވާ ކަމަށް ވެސް ތަފާސް ހިސާބުން ދައްކަ އެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި 494.3 މިލިއަން ރުފިޔާގެ މަހުގެ އުފެއްދުންތައް ރާއްޖެއިން އެކްސްޕޯޓް ކޮށްފައިވެ އެވެ. އެންމެ ގިނައިން ބޭރުކޮށްފައި ވަނީ ގަނޑުކުރި މަހުގެ ބާވަތްތަކެވެ. އެއަށް ފަހު އެންމެ ގިނައިން ބޭރުކޮށްފައި ވަނީ ދަޅުގައި ބަންދުކުރި މަހުގެ އުފެއްދުންތަކެވެ.