އަގު ބޮޑު އިނާމްތަކާއި ޑިސްކައުންޓާއެކު އެސްޓީއޯ ރޯދަ ސޭލް މިއަދު ފަށައިފި އެވެ.

މި ސޭލް ކުރިޔަށް ގެންދާނީ މިއަދުން ފެށިގެން އަންނަ އޭޕްރިލް މަހުގެ 30 ގެ ނިޔަލަށެވެ.

"އެސްޓީއޯ ރަމަޒާން ބަޒާރު" ސޭލަކީ ކަސްޓަމަރުންގެ މެދުގައި އެންމެ މަގްބޫލް އެއް ސޭލް އެވެ.

އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރުގެ އެސްޓީއޯ ރަމަޒާން ބަޒާރުގައި ވެސް ހިތްގައިމު ޑިސްކައުންޓްތަކެއް ހިމެނެ އެވެ. މި ސޭލް ކުރިއަށް ދާނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް އާއި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުގަ އެވެ.

އެސްޓީއޯ އިން ބުނީ އެހެން އަހަރުތަކާ ހިލާފަށް، މި އަހަރުގެ ރަމަޒާން ބާޒާރުގައި އެސްޓީއޯއިން ބޭނުންކުރާނީ ތިމާވެއްޓާއި ރައްޓެހި ޑިޖިޓަލް ކޫޕަން ކަމަށެވެ.

އެސްޓީއޯ އިން މިއަދު ފެށި ރަމަޟާން ބާޒާރުގައި އަގުބޮޑު އިނާމްތަކާއި ބޮޑެތި ޑިސްކައުންޓް ލިބޭނެ. ފޮޓޯ: އެސްޓީއޯ

ކަސްޓަމަރުންނަށް ލިބިގެންދާނެ ޑިސްކައުންޓް އަދި އޮފާތަކުގެ ތަފްސީލް:

އެ ކުންފުނިން ބުނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓު އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގެ ހޯމްއިމްޕްރޫވްމަންޓް މުދަލުން 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ. އަދި ކޮންމެ 1000ރ. ގެ ވިޔަފާރިޔަކަށް ކޫޕަނެއް ލިބޭ މި ޕްރޮމޯޝަންގައި ހުރިހާ އައުޓްލެޓްތަކުން ކޮންމެ ހަފްތާއަކު އެއް ނަސީބުވެރި ފަރާތް ހޮވުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ގްރޭންޑް ވިނާ – މުޅި ޕްރޮމޯޝަންގެ ތެރެއިން ނަސީބު ވެރި އެއް ފަރާތަށް ތުރުކީ ދެކޮޅު ޓިކެޓް ދެ މީހަކަށް ލިބުމުގެ ފުރުސަތު. އަދި މީގެ އިތުރުން ދަތުރުގެ އެލަވެންސްގެ ގޮތުގައި 1،000 ޑޮލަރު ދިނުމަށް އެސްޓީއޯއިން ނިންމާފައިވޭ.

އިތުރު އިނާމްތައް - މުޅި ޕްރޮމޯޝަންގެ ތެރެއިން ނަސީބު ވެރި 10 ފަރާތަކަށް އަގުހުރި އިނާމްތަކެއް ލިބިގެންދާނެ.

މި އަހަރުގެ ރަމަޒާން ބަޒާރުގައި އެސްޓީއޯއިން އަލަށް ޑިޖިޓަލް ކޫޕަން ތައާރަފް ކޮށްފައިވާއިރު އެސްޓީއޯގެ އަމާޒަކީ ކުންފުނީގެ އޮޕަރޭޝަން ތަކުގައި ކަރުދާސް ބޭނުން ކުރުން ވީހާވެސް މަދުކޮށް ތިމާވެއްޓާއި ރައްޓެހި ގޮތްގޮތަށް ކުންފުނީގެ އޮޕަރޭޝަންސް ބައްޓަން ކުރުން ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.

އެ ކުންފުނިން ބުނީ އެސްޓީއޯ ސުޕަމާޓްގައި ރަމަޒާން ބާޒާރު ސޭލް މާޗް މަހު ފެށޭނެ ކަމަށެވެ.