ކޮކާކޯލާ ކުންފުނީގެ މަޝްހޫރު ލެމަން ލައިމް ރަހަލާ ބުއިން، ސްޕްރައިޓްއަށް ދިވެހިންގެ މެދުގައި އޮތް ލޯބި ފާހަގަކުރުމުގެ ގޮތުން ސްޕްރައިޓް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮންޒިއުމާ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"ޗިލް ވިތު ސްޕްރައިޓް އެންޑް ޔޯ ސްކްރީން" ކެމްޕެއިންގެ މަގްސަދަކީ ގޭގައި ފޯނު، ލެޕްޓޮޕް ނުވަތަ ޓީވީ ފަދަ ތަކެތި ބަލާއިރު ފުރިހަމައަށް ރިފްރެޝްވެ ތިބުމާއެކު ބޮޑެތި އިނާމުތަކެއް ކާމިޔާބުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

ރާއްޖެއަކީ ދެކުނު އޭޝިއާ ގައި އެންމެ ގިނަ އަދަދަކަށް އިންޓަނެޓް ބޭނުންކުރާ ގައުމެވެ. ގާތްގަނޑަކަށް 200 އެއްހާ ރަށުގައި ދިރިއުޅޭ 500،000އަށް ވުރެ ބޮޑު އާބާދީ ގުޅުވައިދޭ މުވާސަލާތީ އެންމެ މުހިންމު ވަސީލަތަކަށް ސޯޝަލް މީޑިއާ އެޕްތައް ވަނީ ވެފަ އެވެ.

މިގޮތުން 1 ފެބްރުއަރީ އިން 17 މާޗް 2022 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަން ސްޕްރައިޓްއަށް ހާއްސަކޮށްފައި ނުވާ ކަމީ ކަސްޓަމަރުންނަށް ލިބިގެންދާ އިތުރު ފައިދާއެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުންނަށް، ސްޕްރައިޓް، ކޮކާކޯލާ، ފެންޓާ އޮރެންޖް ނުވަތަ ފެންޓާ ސްޓްރޯބެރީ ފުޅީގެ ހާއްސަ ގޯލްޑަން ކެޕްގެ ނުފުށުގައިވާ ހާއްސަ ހަ ނަމްބަރުގެ ކޯޑު 2626 އަށް އެސްއެމްއެސް ކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަންގައި އެ ހަތަރު ބްރޭންޑްގެ 300އެމްއެލް، 500އެމްއެލް، 1.25 ލީޓަރު އަދި 2 ލީޓަރުގެ ޕެޓް ފުޅި ވަނީ ހިމަނާފަ އެވެ.

ޕްރޮމޯޝަންގެ މުއްދަތުގައި ޖުމްލަ 90 ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވާއިރު، ޓިއާ 1ގައި ހިމެނޭ 45 ނަސީބުވެރިންނަކީ ސްމާޓްފޯން، ގޭމިން ކޮންސޯލް ނުވަތަ ޓީވީ ކާމިޔާބުކުރުމުގެ ފުރުސަތު އޮތް ފަރާތްތަކެވެ. ބާކީ ޓިއާ 2 ގައި ހިމެނޭ 45 ނަސީބުވެރިންނަށް މިނީ ފްރިޖް ކާމިޔާބުކުރުމުގެ ފުރުސަތު އޮންނާނެއެވެ. 19 ފެބުރުވަރީ 2022 އިން ފެށިގެން ކޮންމެ ދުވަހަކު ވެސް، ދެ ނަސީބުވެރިން (ކޮންމެ ޓިއައަކުން އެއް ފަރާތެއް) ހޮވުމަށް ބޭއްވޭ ގުރުނެގުން ޓެލެވިޜަން މޯލްޑިވްސް (ޓީވީއެމް) އިން ލައިވްކޮށް ގެނެސްދޭނެ އެވެ. @spritemaldives އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖު މެދުވެރިކޮށް އިތުރު މައުލޫމާތު ލިބޭނެ އެވެ.

"ކޮވިޑް-19ގެ ބަލިމަޑުކަމާ އެކު، ކުރިން އަޅުގަނޑުމެން ސްކްރީންތަކަށް ބަރޯސާވާ ވަރަށް ވުރެ ބޮޑަށް މިހާރު އަޅުގަނޑުމެންގެ ސްކްރީންތަކަށް ބަރޯސާވާން ވަނީ ޖެހިފައި. ދާދިފަހުން އަޅުގަނޑުމެން ރާއްޖޭގައި ސްޕްރައިޓް ކްލިއާ ޕެޓް ފުޅިއަށް ބަދަލުވުމާ ގުޅިގެން، އަޅުގަނޑުމެން ދިވެހިންނަށް މި ފުރުސަތު ދެނީ ސްޕްރައިޓްގެ ފިނި، ކްރިސްޕް އަދި ލެމަން ލައިމް ރަހައަށް އިންސާފުކޮށްލައިގެން ބޮޑެތި އިނާމުތަކެއް ހޯދުމުގެ ފުރުސަތު،" ކޮކާކޯލާ ކުންފުނިން ރާއްޖެއަށް ކަނޑައަޅާފައިވާ މެނޭޖިން ޑިރެކްޓަރު ޕަންކަޖް ސިންހާ ވިދާޅުވި އެވެ.

ސްޕްރައިޓް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޮންޒިއުމާ ޕްރޮމޯޝަނެއް ފަށާފައި މި ވަނީ، ސްޕްރައިޓް ފުޅި ބަދަލުކޮށްލިތާ މާ ގިނަ ދުވަހެއް ނުވަނީހެވެ. ސްޕްރައިޓުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި، އެ ބްރޭންޑުގެ މަޝްހޫރު ފެހި ކުލައިގެ ފުޅި ދޫކޮށްލައި، އެތެރެ ފެންނަ، ސާފު ފުޅިއަކަށް ބަދަލުކޮށްލާފަ އެވެ. މިއީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިއްކާ ކޮކާ-ކޯލާ ބްރޭންޑުގެ އުފެއްދުންތައް 100 އިންސައްތަ ރީސައިކަލް ކުރެވޭ ޕެކޭޖިން އަށް ބަދަލުކުރުމަށް ކޮކާ-ކޯލާ އިން ކުރަމުން އަންނަ މަސައްކަތުގެ ދަށުން އެޅި ފިޔަވަޅެކެވެ. އަލަށް ތައާރަފުކުރި ސާފު/ޓްރާންސްޕޭރަންޓް ސްޕްރައިޓް ޕެޓް ފުޅިއަކީ ކުރީގެ ފުޅިއެކޭ ވެސް އެއްގޮތަށް 100 އިންސައްތަ ރީސައިކަލް ކުރެވޭ ފުޅިއަކަށް ވީ ނަމަވެސް، ސާފު ފުޅިއަކަށް ވުމުގެ ސަބަބުން ބޭނުންކުރުމަށް ފަހު އިތުރު ވެލިއު ފުޅިއަށް ލިބި، ރީސައިކަލް ކުރަން ކުރިއަށް ވުރެ ވެސް ފަސޭހަވެގެންދެ އެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ޕްލާސްޓިކަށް ވަށާޖެހޭ ހައްލެއް ލިބިގެންދާނެ އެވެ.

ސްޕްރައިޓަކީ ލެމަން އަދި ލައިމް ރަހަދޭ ސޮފްޓް ޑްރިންކެކެވެ. 1961 ވަނަ އަހަރު ތައާރަފްކުރި ސްޕްރައިޓް މިހާރު 190 އަށް ވުރެ ގިނަ ގައުމުގައި ވިއްކަ އެވެ. ކޮކާކޯލާ ކުންފުނީގެ ރާއްޖޭގެ ބޮޓްލިން ޕާޓްނަރު، މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް، ސްޕްރައިޓް ހިމެނޭ ގޮތަށް، ދިވެހިންގެ ކަރުހިއްކުން ފިލުވާލަދޭ، މީރު ބުއިންތަކެއް ރާއްޖެއަށް ވަނީ ތައާރަފުކޮށްފަ އެވެ.