Advertisement

ސްކޫޓުން ރާއްޖެ އަށް ކުރި އެންމެ ފަހު ދަތުރުގައި ރާއްޖެ އައި ބޯޓު ވީއައިއޭގައި.– ފޮޓޯ: އޭވިއޭޝަން މޯލްޑިވްސް

ސިންގަޕޫރުގެ ސްކޫޓުން ރާއްޖެ އަށް ކުރާ ދަތުރުތައް ހުއްޓާލައިފި

FacebookTwitterWhatsAppTelegramViber

ސިންގަޕޫރުގެ ބަޖެޓް އެއާލައިން، ސްކޫޓުން ރާއްޖެ އަށް ކުރާ ދަތުރުތައް ހުއްޓާލައިފި އެވެ.

ސްކޫޓްގެ އެންމެ ފަހުގެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރެ އެވެ.

ހަފުތާ އަކު ހަތަރު ދަތުރު ސިންގަޕޫރާއި މާލެއާ ދެމެދު ކުރި ސްކޫޓުން ކުރިން ބުނެފައިވާ ގޮތުގައި، ރާއްޖެ ހިމެނޭ ގޮތަށް ހަތަރު މަންޒިލަކަށް ކުރާ ދަތުރުތައް ހުއްޓާލަން ނިންމީ ޑިމާންޑް ދަށްވުމާއި ބޯޓު ލިބުމުގައި ތާށިވެފައި ވާތީ ކަމަށެވެ.

ސްކޫޓުން އޭރު ބުނެފައިވާ ގޮތުގައި، ބޮއިން މެކްސް 737 މަރުކާގެ ބޯޓުތައް މި އަހަރުގެ ކުރީކޮޅު އުދުހުން ހުއްޓާލުމުން، އެ އެއާލައިނަށް ސިންގަޕޫރުގެ ސިލްކް އެއާ އިން ބޮއިން 800-737 މަތިންދާބޯޓު ދޫކުރުން ވަނީ ހުއްޓާލާފަ އެވެ. އެހެންކަމުން، ބޯޓު ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ސްކޫޓުން ބުނެފައިވެ އެވެ.

ސްކޫޓަކީ ސިންގަޕޯ އެއާލައިންސް އިން އޮޕަރޭޓްކުރާ ބަޖެޓް އެއާލައިނެކެވެ. ސިންގަޕޯ އެއާލައިންސްގެ ކުޑައިގެ ދަށުގައި ހިމެނޭ، އޭޝިއާ ސަރަހައްދަށް ދަތުރުކުރަން ބޭނުންކުރާ ސިލްކް އެއާ އިން ވެސް ރާއްޖެ އަށް ދަތުރުކުރެ އެވެ. އެ އެއާލައިންގެ ދަތުރުތައް ކޮންމެ ދުވަހަކު ދުވާލު ރާއްޖެ އަށް ކުރެ އެވެ. ރޭގަނޑު ދަތުރުކުރަނީ ސިންގަޕޯ އެއާލައިންސް އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top