ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން އެ ކުންފުނީގެ ކޮންޓްރަކްޝަން އެޖެންޓުންގެ ތެރެއިން މިދިޔަ އަހަރުގެ އެންމެ ރަނގަޅު އެޖެންޓުންގެ ހޮވައިފި އެވެ.

އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްއިން މިދިޔަ އަހަރު އެންމެ ރަނގަޅު ވިޔަފާރިކޮށްފައިވާ އެޖެންޓުންގެ އަގުވަޒަންކުރުމަށް މިއަދު ބޭއްވި ހަފްލާގައި ވަނީ އެންމެ ރަނގަޅު ފަސް އެޖެންޓުން ހޮވާފަ އެވެ. އަދި އެ ފަރާތްތަކަށް އިނާމެއްގެ ގޮތުގައި 5000 ރުފިޔާގެ ގިފްޓް ވައުޗާއެއް ހަވާލުކޮށްފަ އެވެ.

އެ ފަރާތްތަކަށް ގިފްޓް ވައުޗާ ހަވާލުކޮށްދެއްވީ އެސްޓީއޯގެ އެނާޖީ އެންޑް ކޮންސްޓްރަކްޝަންގެ ޖެނެރަލް މެނޭޖަރު މުހައްމަދު އީމާން އެވެ.

އެސްއީއޯއިން ކޮންސްޓްރަކްޝަން އެޖެންޓުން ތައާރަފްކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގަ އެވެ.

އެ ކުންފުނިން ބުނީ ކޮންސްޓްރަކްޝަން އެޖެންޓުން ތައާރަފްކުރީ ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ވެސް އެންމެ ހެޔޮ އަގުގައި ކޮންސްޓްރަކްޝަން ސާމާނު ފަސޭހައިން ލިބޭނެ ގޮތް މަގުފަހުކޮށްދިނުމަށާއި، އަތުޅުތެރޭގައި ތިބި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގެ މަގުސަދުގައި ކަމަށެވެ.

ކާމިޔާބުކަމާއެކު ކުރިއަށްދާ އެ ވިޔަފާރީގައި 17 އަތޮޅެއްގައި 58 ކޮންސްޓްރަކްޝަން އެޖެންޓުން ހަރަކާތްތެރިވެ އެވެ.