Advertisement

މަންޓާ އެއާގެ ތިންވަނަ ސީޕްލޭން އަންގާރަ ދުވަހު ރާއްޖެ ގެންނަނީ

FacebookTwitterWhatsAppTelegramViber

މަންޓާ އެއާގެ ތިންވަނަ ސީޕްލޭން އަންނަ އަންގާރަ ދުވަހު ރާއްޖެ އަންނާނެ ކަމަށް އެ އެއާލައިން އިން ބުނެފި އެވެ.

ކެނެޑާ އިން ފުރައިގެން އަންނަ މި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމަށް ހަމަޖެހިފައި ވަނީ އަންގާރަ ދުވަހު އެވެ. އޭގެ ފަހުން، މަންޓާ އެއާގެ މައި ހަބު ކަމަށްވާ ދ. ކުޑަހުވަދޫގައި ހަދާފައިވާ ދާލު އެއާޕޯޓަށް އެ ބޯޓު ގެންގޮސް، އޮޕަރޭޝަނަށް ތައްޔާރުކުރާނެ އެވެ.

މަންޓާ އެއާ އިން ވަނީ މި މަހުގެ ކުރީކޮޅު އެ އެއާލައިންގެ ފުރަތަމަ ދެ ސީޕްލޭން ރާއްޖެ ގެނެސްފަ އެވެ.

އެންމެ ފަހުގެ ޓެކްނޮލަޖީ، ގާމިން ޖީ950 އެންއެކްސްއައި ނެކްސްޓް ޖެނެރޭޝަން ފްލައިޓް ޑެކް ޓެކްނޮލަޖީއާ އެކު ވެދާ ރާޑަރެއް ހިމެނޭ މި ސީޕްލޭންތަކުގައި ދެ ޕައިލެޓުންނާ އެކު 15 މީހުންގެ ޖާގަ ހުންނާނެ އެވެ.

ނޮވެމްބަރު މަހު ސީޕްލޭންގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ މަންޓާ އިން މުޅި އެކު 10 ސީޕްލޭން ގެންނަން ވަނީ ހަމަޖެހިފަ އެވެ.

މަންޓާ އެއާ އިން ސީޕްލޭން ދަތުރު ފެށުމަށް ހަމަޖެހިފައި ވަނީ ފްލައިޓު ޝެޑިއުލް ދުރާލާ އާންމުކޮށް، ފަސިންޖަރުންނަށް ސީޓް ބުކް ކުރެވޭނެ ގޮތަށެވެ.

މަންޓާ އެއާ އިން މިހާރު ވައިގެ ދަތުރުގެ ހިދުމަތް ދެމުން އަންނަނީ ދ. ކުޑަހުވަދޫ އަށާއި ބ. ދަރަވަންދޫ އަށެވެ. އެހެން ނަމަވެސް، އިތުުރު މަންޒިލްތަކަށް ދަތުރު ފެށުމަށް މަންޓާ އެއާ އިން ދަނީ ތައްޔާރުވަމުންނެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top