Advertisement

މަންޓާ އެއާގެ ތިންވަނަ ސީޕްލޭން ގެނެސްފި، ހަތަރު ވަނަ ބޯޓު އާދިއްތަ ދުވަހު

FacebookTwitterWhatsAppTelegramViber

މަންޓާ އެއާގެ ތިންވަނަ ސީޕްލޭން މިއަދު ރާއްޖެ ގެނެސް، ހަތަރު ވަނަ ބޯޓު އަންނަ އާދިއްތަ ދުވަހު ރާއްޖެ ގެނައުމަށް އެ އެއާލައިނުން ތައްޔާރުވެއްޖެ އެވެ.

ކެނެޑާ އިން ފުރައިގެން އައި މަންޓާ އެއާގެ ތިންވަނަ ސީޕްލޭން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައި ވަނީ މިއަދު ހަވީރު 5:00 ހާއިރު އެވެ.

މަންޓާ އެއާ އިން ބުނީ އެ އެއާލައިންގެ ހަތަރު ވަނަ ސީޕްލޭން މިހާރު ކެނެޑާ އިން ފުރާފައިވާ ކަމަށެވެ. އަދި މި ބޯޓު އަންނަ އާދިއްތަ ދުވަހު ރާއްޖެ އަށް ފޯރާނެ ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.

މަންޓާ އެއާ އިން ވަނީ މި މަހުގެ ކުރީކޮޅު އެ އެއާލައިންގެ ފުރަތަމަ ދެ ސީޕްލޭން ރާއްޖެ ގެނެސްފަ އެވެ.

އެންމެ ފަހުގެ ޓެކްނޮލަޖީ، ގާމިން ޖީ950 އެންއެކްސްއައި ނެކްސްޓް ޖެނެރޭޝަން ފްލައިޓް ޑެކް ޓެކްނޮލަޖީއާ އެކު ވެދާ ރާޑަރެއް ހިމެނޭ މި ސީޕްލޭންތަކުގައި ދެ ޕައިލެޓުންނާ އެކު 15 މީހުންގެ ޖާގަ ހުންނާނެ އެވެ.

ނޮވެމްބަރު މަހު ސީޕްލޭންގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ މަންޓާ އިން މުޅި އެކު 10 ސީޕްލޭން ގެންނަން ވަނީ ހަމަޖެހިފަ އެވެ.

މަންޓާ އެއާ އިން ސީޕްލޭން ދަތުރު ފެށުމަށް ހަމަޖެހިފައި ވަނީ ފްލައިޓު ޝެޑިއުލް ދުރާލާ އާންމުކޮށް، ފަސިންޖަރުންނަށް ސީޓް ބުކް ކުރެވޭނެ ގޮތަށެވެ.

މަންޓާ އެއާ އިން މިހާރު ވައިގެ ދަތުރުގެ ހިދުމަތް ދެމުން އަންނަނީ ދ. ކުޑަހުވަދޫ އަށާއި ބ. ދަރަވަންދޫ އަށެވެ. އެހެން ނަމަވެސް، އިތުުރު މަންޒިލްތަކަށް ދަތުރު ފެށުމަށް މަންޓާ އެއާ އިން ދަނީ ތައްޔާރުވަމުންނެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top