Advertisement

މިއަދު ދަތުރު ފެށި އެއާ އިޓަލީގެ މަތިންދާބޯޓް/ ފޮޓޯ: އެމްއެސީއެލް

އެއާ އިޓަަލީގެ ދަތުރުތައް ރާއްޖެ އަށް އަލުން ފަށައިފި

FacebookTwitterWhatsAppTelegramViber

އެއާ އިޓަލީގެ ދަތުރުތައް އަލުން ރާއްޖެ އަށް މިއަދު ފަށައިފި އެވެ.

އިޓަލީގެ ދެވަނަ އަށް އެންމެ ބޮޑު އެއާލައިން، އެއާ އިޓަލީން ދެ އަހަރަށް ފަހު އަނެއްކާ ވެސް ރާއްޖެ އަށް ދަތުރުތައް ފަށާފައި ވާއިރު، އެ އެއާލައިންގެ ފުރަތަމަ ފްލައިޓް ރާއްޖެ އައިސްފައި ވަނީ މިއަދު ހެނދުނު އެވެ.

ދަތުރުތައް އަލުން ފެށުމުގެ ގޮތުން މިއަދު ހެނދުނު ރާއްޖެ އައި އެ އެއާލައިންގެ އެއާބަސް އޭ330 ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސުމާ އެކު އެމްއޭސީއެލް އިން ވަނީ ވޯޓާ ސެލިއުޓާ އެކު ހޫނު މަރުހަބާއެއް ކިޔައިފަ އެވެ. މި ބޯޓަށް މަރުހަބާ ކިޔުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހާއި އިޓަލީން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ކޮންސިއުލޭޓް އޭޖެންޓް ޖިއޮޖިއާ މަރައްޒީ ބައިވެރިވެވަޑައިގެންނެވި އެވެ.

އެއާ އިޓަލީން ރާއްޖެ އަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައި ވަނީ މިލާނުގެ މަލްޕެންސާ އެއާޕޯޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހަފްތާ އަކު ތިން ދަތުރެވެ. އެގޮތުން، ކޮންމެ ހަފްތާއެއްގެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެއާ އިޓަލީން ރާއްޖެ އަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވެ އެވެ.

އެއާ އިޓަލީގެ ދަތުރުތަކާ އެކު އިޓަލީގެ ތިން އެއާލައިނަކުން މިހާރު ރާއްޖެ އަށް ދަތުރުތައް ކުރާނެ އެވެ. މިއާ އެކު، އިޓަލީން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް ވެސް އެމްއެސީއެލް އިން ފާހަގަކުރެ އެވެ.

އިޓަލީ އަކީ ރާއްޖެ އަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top