ކަރަންޓު އިގްތިސާދު ކުރުމަށް ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިޔަށް ގެންދާ އެނާޖީ ސޭވިންގް ކެމްޕެއިންގެ ދަށުން ސްޓެލްކޯއިން ކުޑަކުދިންގެ ހަވީރެއް ބާއްވައިފި އެވެ.

ސްޓެލްކޯއިން ބުނީ މިއަދު ހަވީރު ހުޅުމާލެ ސެންޓްރަލް ޕާކުގައި އެނާޖީސޭވިން ކެމްޕެއިންގެ ދަށުން ވަރަށް ކާމިޔާބު ކުޑަކުދިންގެ ހަވީރެއް ބާއްވާފައިވާ ކަމަށެވެ،

ކުޑަކުދިންގެ ހަވީރުގެ މައިގަނޑު މަގުސަދަކީ ގައުމުގެ މުސްތަގުބަލް ކަމުގައިވާ ކުޑަ ކުދިންނާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކޮށް، ރަނގަޅު ގޮތުގައި ކަރަންޓު ބޭނުން ކުރުމުގެ މުހިއްމުކަމާއި، ކަރަންޓު އިގުތިސާދު ކުރުމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ދިނުން ކަމަށް ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ހަވީރުގެ ތެރެއިން.. ފޮޓޯ: ސްޓެލްކޯ

އަދި މީގެ އިތުރުން، އެކުދިންގެ ހުނަރު ދައްކާލުމާއެކު، ތަފާތު އެކި ކުޅިވަރުތަކާއި ހަދިޔާތައް ވަނީ އެކުދިންނަށް މި ހަވީރުގެ ތެރެއިން ދީފައިވެ އެވެ.

މި ހާއްސަ ހަވީރުގައި ވަނީ ކަރަންޓު ހަރަދު ކުޑަ އެލްއީޑީ ބޮކި ބެހުމުގެ އިތުރުން ރޮބޯމޭންގެ ހަރަކާތްތަކާއި، ކަޕްކޭކާއި، ކުޑަކުދިންނާއި ގުޅުންހުރި އެކި ކަހަލަ ގޭމްތައް ކުޅުމުގެ ފުރުސަތުވެސް ލިބިގެން ގޮސްފަ އެވެ، އެނާޖީ ސޭވިން ކެމްޕެއިން ކުރިޔަށްދާއިރު، މިފަދަ އިތުރު ހަރަކާތްތައްވެސް ކުރިޔަށްއޮތް ދުވަސްތަކުގައި ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އަދި އެ ހަރަކާތްތަކުގެ މައުލޫމާތު ސްޓެލްކޯގެ ސޯޝަލް މީޑިއާ އާއި މާސް މީޑިއާ މެދުވެރިކޮށް އިއުލާން ކުރާނެ އެވެ.