އައްޑޫ ގަން އިންޓަނޭޝަނަލް އެއާޕޯޓްގައި ދިވެހި އުފެއްދުންތައް ވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

ބިޒްނަސް ސެންޓަ ކޯޕަރޭޝަން (ބީސީސީ)އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ދިވެހި އުފެއްދުންތައް އުފައްދާ ފަރާތްތަކަށް އަމާޒުކޮށްގެން ސަރުކާރުގެ ކުދި އަދި މެދު ފަންތީގެ ސިޔާސަތުގެ ދަށުން އެފަދަ ވިޔަފާރިތައް ކުރިއެރުވުމުގެ މަގްސަދުގައި އަދި އެފަދަ ފަރާތްތަކަށް ތަކެތި ވިއްކަން ފަހި މާހައުލެއް ގާއިމުކުރުމުގެ ގޮތުން ބީސީސީ އިން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އަދި މިތަކެތި ވިއްކުމަށް ބަހައްޓަން ހަމަޖެހިފައިވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓްގެ އިންޓަނޭޝަނަލް ޑިޕާޗާ ޓާމިނަލްގައި ހުޅުވުމަށް ހަމަޖެހިފައިވާ ފިހާރަތަކުގައި ކަމަށް ބީސީސީއިން ބުންޏެވެ.

ބީސީސީ އިން ބުނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން މާރިޗު 10، ވާ ބުރާސްފަތި ދުވަހުގެ 3:00 ގެ ކުރިން އެކަމަށް އެދި އެޕްލިކޭޝަން ފޯމާއި އެހެނިހެން ލިޔެކިއުންތައް، ތިރީގައިވާ އެޑްރެސްތަކަށް ހުށަހެޅުއްވުން އެދޭ ކަމަށެވެ. ނުވަތަ އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާނަމަ [email protected] އަށް އީމެއިލް ކުރެއްވުން އެދޭ ކަމަށެވެ.

މިއީ މިގޮތަށް އައްޑޫގައި ހުޅުވާ ފުރަތަމަ ފިހާރަ އެވެ. މިފަދަ ފިހާރަތައް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް ވަނީ ގާއިމްކޮށްފަ އެވެ.