Advertisement

ފްލައިމީން ގެންނަ އާ ބޯޓު ފްރާންސްގައި. — ފޮޓޯ: އޭވިއޭޓާސް މޯލްޑިވްސް

ފްލައިމީން ގެންނަ އާ ބޯޓާ ހަވާލުވެ ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފި

FacebookTwitterWhatsAppTelegramViber

ވިލާ އެއާގެ ފްލައިމީ އިން ގެންނަން ނިންމާފައިވާ އާ މަތިންދާބޯޓާ ހަވާލުވެ، އެ ބޯޓު ރާއްޖެ ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

ފްލައިމީ އިން ގެންނަނީ އޭޓީއާރް 72-600 މަރުކާގެ ބޯޓެކެވެ. މިއީ އޭޓީއާރް މަރުކާގެ އެންމެ ފަހުގެ ވައްތަރެވެ.

އޭޓީއާރުން ކުރި ޓުވީޓެއްގައި ބުނީ، މުޅިން އާ އެ ބޯޓާ ފްލައިމީން މިދިޔަ ހަފްތާގައި ހަވާލުވެފައިވާ ކަމަށެވެ.

ފްރާންސްގައި އޮތް ބޯޓު ޓެސްޓުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު، މި ބޯޓު މި ހަފްތާގެ ތެރޭގައި ރާއްޖެ ގެނެވޭނެ ކަމަށް ބެލެވެ އެވެ.

ފްލައިމީ އިން ކުރިން ބުނެފައިވާ ގޮތުގައި، އެ އެއާލައިން އިން ގެންނަ ބޯޓުގައި 72 ގޮނޑި ހުންނައިރު، ކޮންމެ ގޮނޑި ބަރިއެއްގެ ދޭތެރޭގައި 29 އިންޗީގެ ޖާގަ ހުންނާނެ ކަމަށެވެ. މި ބޯޓު ބޭނުންކުރުމަށް ހަމަޖެހިފައި ވަނީ، ފްލައިމީ އިން ބުނެފައިވާ ގޮތުގައި، އެ އެއާލައިނުން އެންމެ ގިނަ ފަސިންޖަރުން އުފުލާ މަންޒިލްތަކަށް ހިދުމަތް ދިނުމަށެވެ.

ފްލައިމީ އިން އަންނަނީ އޭޓީއާރު 500-72 މަރުކާގެ ދެ ބޯޓު ބޭނުންކޮށްގެން މާލެ އިން ޑޮމެސްޓިކް އެހެން އެއާޕޯޓުތަކަށް ދަތުރުތައް ކުރަމުންނެވެ. އެ އެއާލައިނުން އުދުހޭ މަންޒިލްތަކުގެ ތެރޭގައި ވިލާ ކުންފުނިން ތަރައްގީކޮށްފައިވާ އދ. މާމިގިލީ އެއާޕޯޓާއި ބ. ދަރަވަންދޫ އެއާޕޯޓް ހިމެނެ އެވެ. އަދި ފްލައިޓް ލިބޭ ވަރަކުން، އައްޑޫ އާއި ފުވައްމުލަކަަށް ވެސް އެ އެއާލައިނުން އުދުހެ އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހިއްސާ އޮންނަ ވިލާ އެއާގެ ފްލައިމީން ސީޕްލޭން ދަތުރުތައް ފެށުމަށް ޓްވިން އޮޓާ 300 ސީރީޒްގެ ހަތަރު ބޯޓު ގެންނަން ވެސް ވަނީ ނިންމާފަ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top