Advertisement

މަންޓާ އެއާގެ ހަތަރުވަނަ ސީޕްލޭން ގެނެސްފި

FacebookTwitterWhatsAppTelegramViber

މަންޓާ އެއާގެ ހަތަރު ވަނަ ސީޕްލޭން މިއަދު ރާއްޖެ ގެނެސްފި އެވެ.

ކެނެޑާ އިން ފުރައިގެން އައި މަންޓާ އެއާގެ ހަތަރު ވަނަ ސީޕްލޭން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައި ވަނީ މިއަދު ހަވީރު 5:00 ހާއިރު އެވެ.

މަންޓާ އެއާ އިން ވަނީ މިދިޔަ މަހު އެ އެއާލައިންގެ ފުރަތަމަ ތިން ސީޕްލޭން ރާއްޖެ ގެނެސްފަ އެވެ.

އެންމެ ފަހުގެ ޓެކްނޮލަޖީ، ގާމިން ޖީ950 އެންއެކްސްއައި ނެކްސްޓް ޖެނެރޭޝަން ފްލައިޓް ޑެކް ޓެކްނޮލަޖީއާ އެކު ވެދާ ރާޑަރެއް ހިމެނޭ މި ސީޕްލޭންތަކުގައި ދެ ޕައިލެޓުންނާ އެކު 15 މީހުންގެ ޖާގަ ހުންނާނެ އެވެ.

މި މަހުގެ ތެރޭގައި ސީޕްލޭންގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން އަންނަ މަންޓާ އެއާ އިން މުޅި އެކު 10 ސީޕްލޭން ގެންނަން ވަނީ ހަމަޖެހިފަ އެވެ.

މަންޓާ އެއާ އިން ސީޕްލޭން ދަތުރު ފެށުމަށް ހަމަޖެހިފައި ވަނީ ފްލައިޓު ޝެޑިއުލް ދުރާލާ އާންމުކޮށް، ފަސިންޖަރުންނަށް ސީޓް ބުކް ކުރެވޭނެ ގޮތަށެވެ.

މަންޓާ އެއާ އިން މިހާރު ވައިގެ ދަތުރުގެ ހިދުމަތް ދެމުން އަންނަނީ ދ. ކުޑަހުވަދޫ އަށާއި ބ. ދަރަވަންދޫ އަށެވެ. އެހެން ނަމަވެސް، އިތުުރު މަންޒިލްތަކަށް ދަތުރު ފެށުމަށް މަންޓާ އެއާ އިން ދަނީ ތައްޔާރުވަމުންނެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top