އިންޓަނެޓް ބޭންކިން މެދުވެރިކޮށް އިންޓަނޭޝަނަލް ޓްރާންސްފާ (ޓީޓީ) ފޮނުވުމަށް ހެޔޮ ބަދަލުތަކެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގެނެސްފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން ބުނީ ކަސްޓަމަރުންނަށް ދެމުންދާ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން އިންޓަނޭޝަނަލް ޓްރާންސްފާ ހިދުމަތަށް ގެނައި ބަދަލުތަކަކީ:

  1. ގިނަ ޑޮކިއުމަންޓް އެޓޭޗްކުރެވުން
  2. ޓީޓީ ހެދުމަށް ބޭނުންވާ ޔޫއެސް ޑޮލަރު ގަތުމަށް އެދި ހުށަހެޅުން
  3. ޓީޓީގެ ޗާޖު ކަނޑަންވީ އެކައުންޓް ހިޔާރު ކުރެވުން
  4. ޓީޓީ ޕްރޮސެސްވުމުން އައު ފޯމެޓެއްގައި ކޮންފަމޭޝަން ރިސީޕްޓެއް ލިބުން

ބީއެމްއެލް އިން ބުނީ އަންނަ އޭޕްރިލް އެއްވަނަ ދުވަހުން ފެށިގެން އީމެއިލް މެދުވެރިކޮށް އިންޓަނޭޝަނަލް ޓްރާންސްފާ ހިދުމަތް ބަލައިގަތުން ހުއްޓާލުމަށް ބޭންކުން ނިންމާފައިވާ ކަމަށެވެ. އަދި އެ ބޭންކުން ބާރު އަޅަނީ އިންޓަނެޓް ބޭންކިން މެދުވެރިކޮށް ކަސްޓަމަރުން އިންޓަނޭޝަލް ޓްރާންސްފާގެ ހިދުމަތް ހޯދުމަށް ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.