އެސްޓީއޯ އިން ހިންގާ އަހަރުގެ ބޮޑު ސޭލް "އެސްޓީއޯ ރަމަޒާން ބަޒާރު 2022" ގެ ތެރެއިން، ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަކޮށްގެން "އެސްޓީއޯ ހޯލްސޭލް ޕްރޮމޯޝަން" ފަށައިފި އެވެ.

އެސްޓީއޯ ހޯލްސޭލް ސެންޓަރުގައި ކުރިޔަށްދާ މި ޕްރޮމޯޝަންގެ ތެރެއިން ނަސީބުވެރި ތިންފަރާތެއް ހޮވައި ކޮންމެ ނަސީބުވެރިޔަކަށް ރަށު ޕިކަޕެއް ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ކޮންމެ ހަފްތާއަކު ތިން ނަސީބުވެރިން ހޮވައި ކޮންމެ ފަރާތަކަށް 1،500ރ ގެ ގިފްޓް ވައުޗާއެއް ދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޕްްރޮމޯޝަންގައި ކަސްޓަމަރުންނަށް ލިބޭ އޮފާތަކުގެ ތަފްސީލް:

ބަންޑަލް އޮފާތައް:

ކްރޫގާ - ގަންނަ 400 ގްރާމް ކްރޫގާ ޕާސްތާ ނުސާ ޗޮކްލެޓް ސްޕްރެޑްގެ ކޮންމެ ދެ ކާޓަންއަކަށް 400 ގްރާމް ކްރޫގާ ޕާސްތާ ނުސާ ޑާކް ޗޮކްލެޓް ސްޕްރެޑް ކާޓަންއެއް ހިލޭ.

ކްރޫގާ ޕާސްތާ ނުސާ ޑުއޯ ސްޕްރެޑް - 400 ގްރާމް ކާޓަންއެއް ގަތުމުން ކުރޫގާ ކޮކޯ ޕައުޑަރު 250 ގްރާމްގެ ކާޓަންއެއް ހިލޭ.

އަލްނޫރު - ގަންނަވާ އަލްނޫރު ހިކި ކިރު ކޮންމެ ދެ ކާޓަންއަކަށް ޑާކް ޗޮކްލެޓް ޕާސްތާ ނުސާ 400 ގްރާމް 1 ކާޓަން ހިލޭ.

ކޫޕަން:

ކޮންމެ 1،000ރ އިން މަތީގެ ވިޔަފާރިއަކަށް ކޫޕަންއެއް ލިބޭނެ. މީގެ ތެރެއިން ކޮންމެ ހަފްތާއަކު ތިން ނަސީބުވެރިން ހޮވައި ކޮންމެ ފަރާތަކަށް 1،500ރ. ގެ ގިފްޓް ވައުޗާއެއް ލިބޭނެެ.

އެސްޓީއޯ ހޯލްސޭލް ޕްރޮމޯޝަން އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ: އެސްޓީއޯ

އެސްޓީއޯއިން ބުނީ މުޅި ޕްރޮމޯޝަން ނިމުމުން ތިން ނަސީބުވެރިން ހޮވައި، ކޮންމެ ނަސީބުވެރިޔަކަށް ރަށު ޕިކަޕެއް ހިލޭ ލިބޭނެ ކަމަށެވެ.

އެސްޓީއޯ ހޯލްސޭލް ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން މި ޕްރޮމޯޝަން ފެށިއިރު، ކަސްޓަމަރުންގެ މެދުގައި މަގުބޫލް އެސްޓީއޯ ރަމަޒާން ބަޒާރު އެ ކުންފުނީގެ ހޯމް އިމްޕްރޫވްމަންޓް ފިހާރަ އަދި ރީޖަނަލް ފިހާރަތަކުގައި އޭޕްރިލް 30 އާ ހަމަޔަށް ކުރިއަށްދާނެ އެވެ.

އެ ކުންފުނިން ބުނީ އެސްޓީއޯ ސުޕަމާޓްގައި ރަމަޒާން ބަޒާރު ސޭލް މި މަހު ފެށޭނެ ކަމަށެވެ.