Advertisement

10 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ހޮންގކޮންގ 'ރިސެޝަން'އަކަށް

FacebookTwitterWhatsAppTelegramViber

ހަރުކަށި ޢަމަލުތަކާ އެކު ކުރިޔަށްދާ މުޒާހަރާތަކާއި، އެމެރިކާ އާއި ޗައިނާ އާ ދެމެދު ކުރެވެމުންދާ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން، މި އަހަރުގެ ތިންވަނަ ކުއާޓަރުގެ އަންދާޒާތަކަށް ބަލާއިރު، ދުނިޔޭގެ މާލީ މުޞީބާތްތައް ނުވަތަ ގްލޯބަލް ފައިނޭންޝަލް ކްރައިސިސް އަށް ފަހު ފުރަތަމަ ފަހަރަށް ހޮންގކޮންގ ވަނީ ރިސެޝަންއަކަށް ގޮސްފައެވެ.

ފަސް މަސް ވަންދެން ކުރަމުންދާ މުޒާހަރާތަކުގެ ސަބަބުން ޗައިނާގެ ސިޔާދަތު ހިނގަމުންދާ ހޮންގކޮންގ ގެ ރީޓެއިލް ސެކްޓަރާއި، ފަތުރުވެރިކަމުގެ ސެކްޓަރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އަދިވެސް މުޒާހަރާތައް ކުރުން ހުއްޓާލަފާނެ ކަމުގެ ޢަލާމާތެއް ނުފެނެއެވެ. ފުލުހުން ދަނީ ކޮށްފާނެ އިތުރު މުޒާހަރާތަކަށް ތައްޔާރުވުމުގެ ގޮތުން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

ޖުލައި-ސެޕްޓެމްބަރ މި މުއްދަތުގައި އިޤްތިޞާދު ވަނީ ކުރީ ކުއާޓަރަށް ވުރެ 3.2 ޕަސެންޓަށް ދަށަށް ގޮސްފައެވެ. މިއީ ޖެހިޖެހިގެން އިޤްތިޞާދު ދަށަށް ދިޔަ ދެވަނަ ކުއާޓަރެވެ. އެހެންކަމުން 'ރިސެޝަން' ގެ ޓެކްނިކަން ޑެފިނިޝަން ގެ ދަށުން ހޮންގކޮންގ މިވަނީ ރިސެޝަން އަކަށް ގޮސްފައެވެ.

މީގެ އެއް އަހަރު ކުރިއާ އަޅާބަލާއިރު، ހޮންގކޮންގ ގެ އިޤްތިޞާދު ވަނީ 2.9 ޕަސެންޓަށް ދަށަށް ގޮސްފައެވެ. މިއީ، 2008/2009 އަށް ފަހު އޭޝިޔާގެ ފައިނޭންޝަލް ހަބެއް ކަމަށް ބެލެވޭ ހޮންގކޮންގ ގެ އިޤްތިޞާދު އެންމެ ދަށަށް ދިޔަ ފަހަރެވެ.

ޖީޑީޕީ ޑޭޓާ ވެސް ދައްކަނީ ދަށަށްދާނެ ކަމަށެވެ. ބޮޑެތި މުޒާހަރާތަކުގެ ސަބަބުން ކޮންސިއުމަރ ސެންޓިމެންޓަށް ވަނީ ބުރޫއަރާފައެވެ. އަދި ރީޓެއިލް ސެކްޓަރަށް ވަނީ ބޮޑެތި ހުރަސްތައް ކުރިމަތިވެފައެވެ.

ސަރުކާރުން ބުނަނީ، މުޒާހަރާތައް އަދިވެސް ހުއްޓުމެއް ނެތި ކުރިޔަށް ދިއުމާއެކު، އަމިއްލަ މީހުން ވިޔަފާރިކުރާ މިންވަރާއި، 'އިންވެސްޓްމެންޓް ސެންޓިމެންޓް' އަދިވެސް ބަލިކަށިވަމުންދާނެ އެވެ.

ފަތުރުވެރިން ޒިޔާރަތްކުރުން މަދުވުމާއެކު، ހޮންގކޮންގ ގެ ބައެއް ވިޔަފާރި ކުންފުނިތަކުން މިހާރު ވެސް ވަނީ ނޯޕޭ ލީވް ނެގުމަށް މުވައްޒަފުންނަށް އަންގާފައެވެ.

މިދިޔަ ހަފުތާ ގައި ހޮންގކޮންގ ސަރުކާރުން ވަނީ، އިޤްތިޞާދު ނެގެހެއްޓުމަށް ޓަކައި 2 ބިލިޔަން ހޮންގކޮންގ ޑޮލަރ (255 މިލިޔަން އެމެރިކާ ޑޮލަރު) ގެ އެހީގެ ޕެކެޖެއް ތަޢާރަފުކޮށްފައެވެ. އިޤްތިޞާދުގެ އެންމެ ބޮޑަށް ރަނގަޅުކުރުމަށް ފޯކަސްކޮށްފައިވާ ސެކްޓަރތަކަކީ، ޓްރާންސްޕޯޓާއި، ރީޓެއިލް އާއި، ފަތުރުވެރިކަމެވެ.

ކުރިން ހެދި ގޮތަށް، ހޮންގކޮންގ ގެ ސަލާމަތަށް ބޭޖިންގ އަތުވެދާނެ ކަމަކަށް ނުބެލެވެއެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top