މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސެލްގެ އަގު ބޮޑުކޮށްފި އެވެ. މިފްކޯއިން ބުނީ ތެލުގެ އަގު ބޮޑުކުރީ ދުނިޔޭގެ ބާޒާރުގައި ތެޔޮ ގަންނަން ލިބޭ އަގު ބޮޑުވުމުން ކަމަށެވެ.

އެގޮތުން މަސްދޯނި ފަހަރަށް ޑީސަލް ލީޓަރެއް ވިއްކަމުންދާނީ 14.44ރ އަށް އަދި އާންމު ފަރާތްތަކަށް ޑީސަލް ލީޓަރެއް 17.10ރ އަށް ކަމަށް މިފްކޯއިން ހާމަކުރެ އެވެ. މިއީ މިއަހަރުގެ ތެރޭގައި މިފްކޯ އިން ޑީސަލް ވިއްކާ އަގު ބޮޑު ކުރި ދެވަނަ ފަހަރެވެ. މިފްކޯ އިން މަސްވެރިންނަށް އެންމެ ފަހުން ޑީސަލް ލީޓަރެއް ވިއްކީ 12.08 ރުފިޔާ އަށެވެ. އަދި އާއްމުންނަށް ޑީސަލް ލިޓަރެއް ވިއްކީ 14.26 ރުފިޔާ އަށެވެ.

ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު މިވަގުތު ދުނިޔޭގެ ބާޒާރުގައި ލިބެން ހުރީ 118 ޑޮލަރަށެވެ.