ކޮންމެ އަހަރެއްގެ ރޯދައާ ދިމާކޮށް ގޭތެރެއާއި ބަދިގޭގައި ބޭނުންކުރާ ތަކެތި ގިނަ ބަޔަކު އާކުރެ އެވެ. މިފަހަރު ރޯދައާ ދިމާކޮށް ގޭތެރެއަށާއި ބަދިގެއަށް ބޭނުންވާ ސާމާނު އާކޮށްލަން މިއޮތީ ރަނުގެ ފުރުސަތެކެވެ.

ދުނިޔޭގެ މަޝްހޫރު އަދި ކޮލިޓީ ރަނގަޅު ބްރޭންޑްތަކުގެ އުފެއްދުންތައް އެންމެ ހެޔޮއަގުގައި ތިޔަބޭފުޅުންގެ ގޭގެއަށް ލިބޭނެ ގޮތް ހޯމް އެމްވީއިން މިވަނީ ފަހިކޮށްދީފަ އެވެ.

ހާއްސަކޮށް މިފަހަރުގެ ރޯދައާ ދިމާކޮށް ހޯމް އެމްވީން މި ވަނީ ގޭތެރެއަށާއި ބަދިގެއަށް ބޭނުންވާ ވަރަށް ގިނަ ސާމާނު އެންމެނަށް ވެސް އަތްފޯރާވަރުގެ ހެޔޮއަގުގައި ވިއްކަން ފަށައިފަ އެވެ.

4.207885866660568, 73.54002740969575

ހުޅުމާލޭގެ ސައިމާ ހިނގުން (ހުޅުމާލޭގެ ސަހަރާ މިސްކިތް ހުންނަ މަގު) ގައި ހުންނަ ހޯމް އެމްވީގެ އޮފިޝަލަކު ވިދާޅުވީ މިފަހަރު ރޯދައާ ދިމާކޮށް ގެނައި ސާމާނަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

ހުޅުމާލޭ ސައިމާ ހިނގުމުގައި ހުންނަ ހޯމް އެމްވީ ފިހާރަ. މިތަނުން ރޯދަމަހު ގޭތެރެއަށާއި ބަދިގެއަށް ބޭނުންވާ ސާމާނު ހެޔޮއަގުގައި ލިބެން ހުންނާނެ.

"ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައިގެން އެންމެ މުހިންމު އަދި އެންމެ ބޭނުންތެރި ސާމާނު އަބަދުވެސް އަޅުގަނޑުމެން މިގެންނަނީ. މިފަހަރު ރޯދައާ ދިމާކޮށް ގެނައި ޝިޕްމަންޓްގައި ވެސް ވަރަށް ހާއްސަ އައިޓަމްތައް ވަރަށް ހެޔޮއަގުގައި ލިބެން ހުންނާނެ،" އޭނާ ވިދާޅުވި އެވެ.

މިފަހަރުގެ ރޯދައާ ދިމާކޮށް ގެނައި ބަދިގޭގެ ސާމާނުގެ ތެރޭގައި ހިތްގައިމު ރީތި އެކި ޑިޒައިންތަކުގެ ކާތައްޓާއި ބިއްލޫރި ތަށި، ސަމުސާ، އޫ، ވަޅި. ފެން އަޅާ ބިއްލޫރި ފުޅި، މައިކްރޯވޭވް އަވަން، ފެން ކައްކާ ޖަގު، ރައިސް ކުކަރު، ޖޫސް މިކްޗަރު، މިކްސްޗަރު ފަދަ މުހިންމު އެތައް އުފެއްދުމެއް އެ ފިހާރައިން ލިބެން އެބަހުއްޓެވެ.

މީގެ އިތުރުން ފާރުގައި ހަރުކުރާ ރީތި އެކި ޑިޒައިންތަކުގެ ގަޑިއާއި ކާޕެޓް، ބެޓްރީ ފަންކާ ފަދަ އެތައް އައިޓަމެއް ގެނެސްފައިވެ އެވެ.

ހުޅުމާލޭ ސައިމާ ހިނގުމުގައި ހުންނަ ހޯމް އެމްވީ ފިހާރަ. މިތަނުން ރޯދަމަހު ގޭތެރެއަށާއި ބަދިގެއަށް ބޭނުންވާ ސާމާނު ހެޔޮއަގުގައި ލިބެން ހުންނާނެ.

ހޯމް އެމްވީން ބުނީ އެ ފިހާރައިން ގަންނަ ކޮންމެ އައިޓަމެއް މާލެ، ހުޅުމާލެ އަދި ރަށްރަށުގެ ބޯޓުފަހަރަށް ހިލޭ ގެންގޮސްދޭނެ ކަަމަށެވެ. އޯޑަރު ދެއްވުމަށް ގުޅުއްވާނީ 7824450 އަށެވެ. މިއޮތީ ރޯދަމަހާ ދިމާކޮށް ގޭތެރެއާއި ބަދިގެ އާކޮށްލަން ރަނުގެ ފުރުސަތެކެވެ.