Advertisement

ގްރީން ޓެކްސްގެ ގޮތުގައި ސެޕްޓެމްބަރު މަހު 74 މިލިއަން ރުފިޔާ ލިބިއްޖެ

FacebookTwitterWhatsAppTelegramViber

ގްރީން ޓެކްސްގެ ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހު 74 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ގްރީން ފަންޑުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިދިޔަ ސެޕްޓެމްބަރު މަހު އެ ފަންޑަށް ޖުމްލަ 74,339,477.77 ރުފިޔާ ޖަމާކޮށްފައިވެ އެވެ. މީގެ ތެރޭގައި ހިމެނެނީ ރިސޯޓްތަކުންނާއި ހޮޓާތަކުންނާއި ގެސްޓްހައުސްތަކުން އަދި ސަފާރީ އުޅަނދުތަކުން ލިބުނު ފައިސާ އެވެ. އެއީ:

  • ރިސޯޓްތަކުން: 68,563,616.38 ރުފިޔާ
  • ހޮޓާތަކުން: 1,667,931 ރުފިޔާ
  • ގެސްޓްހައުސްތަކުން: 2,252,427.29 ރުފިޔާ
  • ސަފާރީ އުޅަނދުތަކުން: 1,855,503.10 ރުފިޔާ

ގްރީން ޓެކްސްގެ ގޮތުގައި ސެޕްޓެމްބަރު މަހު ލިބުނު މިންވަރު މި އަހަރުގެ ޖޫން، ޖުލައި އަދި އޮގަސްޓް މަހާ އަޅާބަލާއިރު ވަނީ އިތުރުވެފަ އެވެ. އެގޮތުން، ގްރީން ޓެކްސްގެ ގޮތުގައި ލިބިފައި ވަނީ ޖޫން މަހު 50 މިލިއަން ރުފިޔާ، ޖުލައި މަހު 49.9 މިލިއަން ރުފިޔާ އަދި އޮގަސްޓް މަހު 72 މިލިއަން ރުފިޔާ އެވެ.

އެހެން މަސްތަކޭ އެއްގޮތަށް، މިިދިޔަ ސެޕްޓެމްބަރު މަހު ވެސް އެންމެ ގިނަ އަދަދެއްގެ ފައިސާ ލިބިފައި ވަނީ މާލެ އަތޮޅުގައި ހިންގާ ރިސޯޓްތަކުންނެވެ. މާލެ އަތޮޅަކީ ރާއްޖޭގައި އެންމެ ގިނަ ރިސޯޓް އަދި ގެސްޓްހައުސް ހިންގާ އަތޮޅެވެ. އެގޮތުން މާލެ އަތޮޅުގައި ހިންގާ ރިސޯޓުތަކުން 23,697,244.56 ރުފިޔާ ލިބުނުއިރު، މާލެ އާއި މާލެ އަތޮޅުގެ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތަކުން ޖުމްލަ 1،618،947.47 ރުފިޔާ އަދި ހޮޓާތަކުން 772،995.3 ރުފިޔާ ގްރީން ޓެކްސްގެ ގޮތުގައި ސެޕްޓެމްބަރު މަހު ދައްކާފައިވެ އެވެ.

ގްރީން ފަންޑުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ޖުމްލަ 729.65 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ.

ގްރީން ޓެކްސް އަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓް ރިސޯޓުތަކާއި ހޮޓާތަކާއި އުޅަނދުތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ ބޭރުގެ ޓޫރިސްޓެއްގެ އަތުން، ކޮންމެ ރެއަކަށް ނަގާ ޓެކުހެކެވެ. ރިސޯޓުތަކާއި ހޮޓާތަކުން މި ޓެކްސް ނަގަނީ މީހަކަށް ހަ އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ. ގެސްޓްހައުސްތަކުން ނަގަނީ، މީހަކަށް ތިން ޑޮލަރުގެ މަގުންނެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top