Advertisement

ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ހޮޓެލް ޗެއިން ސަޢޫދީ އަށް

FacebookTwitterWhatsAppTelegramViber

އުތުރު އިންޑިޔާގައި ހުންނަ ގެއަކުން ސަޢޫދީ ޢަރަބިޔާގެ ރިޔާޒް ގައި ހުންނަ ރިޒް-ކާލްޓަން އާ ދޭތެރޭގެ ރާސްތާ ކިތަންމެހާ ވެސް ދުރެވެ. އެކަމަކު، ރިޓޭޝް އަގަރަވާލް ވަނީ އެ ދިގު ދަތުރު ކޮށްފައެވެ.

މިހާރު މުޅި ދުނިޔޭގައި ވެސް އޮތް އެންމެ ހަލަވި މިނެއްގައި ކުރިއަރަމުން އަންނަ ހޮޓެލް ޗެއިން ކަމުގައިވާ އޮޔޯ ރޫމްސް ގެ ފައުންޑަރ ޢުމުރުން 25 އަހަރުވީ ރިޓޭޝް މިދިޔަ ހަފުތާ ގައި ރިޔާޒް ގެ ރިޒް-ކާލްޓަން ހޮޓަލުގައި ހުރީ އެތާގައި ބޭއްވި "ފިއުޗަރ އިންވެސްޓްމެންޓް އިނިޝިއޭޓިވް" (އެފްއައިއައި) އަށް ޙާޒިރުވުމަށެވެ. ވަގުތު ހޯދައިގެން އޭނާގެ 10 ބިލިޔަން ޑޮލަރުގެ ބިޒިނަސް އާ ބެހޭ ގޮތުން ނޫސްވެރިންނާ ވާހަކަދެއްކި އެވެ. ޚާއްޞަކޮށް އޭނާގެ ކުރިމަގުގެ ޕްލޭން ގައި ސަޢޫދީ ޢަރަބިޔާ މުހިއްމުވެގެންދާ ގޮތް ކިޔައިދިނެވެ.

އަގަވާލް ގެ ވާހަކަ އަކީ، އަމިއްލަ ވިޔަފާރިއެއް ފައްޓަން ބޭނުންވާ ކޮންމެ ޒުވާނަކަށް އުއްމީދުތައް ގެނުވައިދޭނެ ވާހަކައެކެވެ. އިންޑިޔާގެ އޮޑިއްސާ ސްޓޭޓް ގެ ޓިޓްލަގަރް ގެ މަގުމަތީގައި ސިމް ކާޑު ވިއްކަން ފެށި ޒުވާނާ އެންމެ ފަހުން ވެރިރަށް ނިއުދިއްލީ އަށް ކޮލެޖަށް ކިޔަވަން ދިޔައީ، ހައި ސްކޫލަށް ކިޔަވަންދާ އެހެން ކުދިންނެކޭ ވެސް އެއް ގޮތަކަށެވެ.

އެކަމަކު އޭނާ ކިޔެވުމުގައި އުނދަގޫވެ އެންމެ ފަހުން ސްކޫލަށް ނުގޮސް ހުއްޓާލީ އެވެ. ކަން ދިމާވި ގޮތުން، އެކަން ވީ އެއީ އޭނާ އަށް ކުރެވުނު އެންމެ ރަނގަޅު ކަމަކަށެވެ. މަތީ ތަޢުލީމުން ބޭރުވުމަށް ފަހު، އޭނާ ޕީޓަރ ތިއެލް ފައުންޑޭޝަންގެ ފެލޯޝިފަށް ޝަރުޠު ހަމަވިއެވެ. އެއީ، މަތީ ތަޢުލީމުގައި ކުރިޔަށް ނުދެވޭ ޒުވާނުންނަށް އާ ވިޔަފާރި ފެއްޓުމަށާއި އުފެއްދުންތެރި ޚިޔާލުތަކަށް ފޯކަސްކުރުމަށް ހިތްވަރުދިނުމަށް އެމެރިކާގެ އިންވެސްޓަރ ޕީޓަރ ތިއެލް ޤާއިމްކުރި ޚައިރާތު ޖަމްޢިއްޔާ އެކެވެ.

ތިއެލް ފެލޯ އަކަށް ވުމާއެކު، 2 އަހަރުގެ ތެރޭގައި އަގްރަވާލް އަށް 100،000 އެމެރިކާ ޑޮލަރު ގެ ގްރާންޓެއް ލިބުނެވެ. އެއާއެކު، އަގަރަވާލް ގެ ތީންއޭޖް ޙަޔާތް އެއްކޮށް ބަދަލުކޮށްލި އެވެ. "އިންޑިޔާ ގެ އިރުމަތީ ކަނުގައި އޮތް ކުޑަކުޑަ ރަށަކުން އަހަރެން ދިޔައީ އެމެރިކާގެ ސަންފްރަންސިސްކޯ އަށް. އެއީ އަހަންނަށް ލިބުނު ވަރަށް ބޮޑު ނަސީބެއް"، އޭނާ ބުންޏެވެ.

އިންޑިޔާ ގައި އޭނާ ދަތުރުކުރަމުން ދިޔައިރު، އޭނާ އަށް ފާހަގަވީ މާކެޓު ގައި ފެންވަރު ރަނގަޅު އެކޮމޮޑޭޝަން މަދުކަމެވެ. އަދި ހަމައެއާއެކު، ހުރި ތަންތަނުގެ ސައިޒާއި ކުރިއަރުވަން ބޭނުންވާ ސްކޭލް ކުޑަކަމެވެ.

އަގަރަވާލް ފާހަގަކުރި އެއް ކަމަކީ، ލަންޑަން ގައި ވެސް ޕެޑިންޓަން އާއި ބޭވޯޓަރ ސަރަޙައްދު ގައި ބޭރުން ރީތިކޮށް ފެންނަ އެކަމަކު އެތެރެއިން މަރާމާތުކުރަންޖެހިފައިވާ ބިލްޑންތަކެވެ.

"އެހެންކަމުން އޮޔޯ މާކެޓަށް އައިސް އަހަރެމެން ބުނީ، އަހަރެމެން ބޭނުންވަނީ، ކުރިޔަށް ދިއުމަށްޓަކައި ، ކުޑަ 'ނެއިބަރހުޑް ހޮޓަލެކޭ. އަޞްލު އަހަރެމެން ބޭނުންވީ، އަވަށްޓެރިންގެ ތެރޭގައި ހުންނަ 'ހީރޯ' އަށް ވާން. އެކަމަށްޓަކައި، ނެއިބަރހުޑް ގެ ޗިކް ހޮޓެލް އަކަށް ހެދުމަށް. އަހަރެމެން ބޭނުންވަނީ، ފޯލްޓީ ޓަވާސް މަރާމާތުކޮށް އާބާތުރަ ފިލުވުމަށް"، އަގަރަވާލް ކިޔައިދިނެވެ.

އަގަރަވާލް ގެ އުފެއްދުންތެރި ޓެކްނޮލޮޖީ ބޭނުންކުރެވެނީ، ޚިދުމަތްތާއި، ހުންނަ ތަކެއްޗާއި، ރޫމުން ލިބޭ ފަސޭހަތަކުގެ ސްޓޭންޑަޑް ހިފެހެއްޓުމަށާއި، ޓެކްނޮލޮޖީގެ ސޮލިއުޝަންތަކުން ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވުން ކަމަށް އޭނާ ބުންޏެވެ. އެ 'ޓެކް ސޮލިއުޝަން'ތަކުގެ ތެރޭގައި، އާޓިފިޝަލް އިންޓެލިޖެންސާއި، 'ނެޗުރަލް ލޭޏްގުއޭޖް ޕްރޮސެސިންގ" ބުކިންގ ޕްރޮސެސް އިން ފެށިގެން އެއަރކޮންޑިޝަން ކޮންޓްރޯލް ވެސް ހިމެނެއެވެ.

އޮޔޯ އަކީ، ހޮޓާތައް ގަނެ އެއްކުރާ ކުންފުޏެއް ނުވަތަ އޮންލައިން ޓްރެވަލް އެޖެންސީ އެއް ނުވަތަ ސެޓްފިކެޓް ދޫކުރާ ކުންފުންޏެއް ވެސް ނޫނެވެ. އޮޔޯ އަކީ އެހެންކަމުން މާކެޓް ޕްލޭސްއެއް ނޫންކަމާއި، ރަނގަޅަށް ޤާއިމްކުރެވިފައިވާ ހޮޓެލް ޗެއިން އެއް ކަމަށެވެ.

އޮޔޯ އަކީ، 80 ޤައުމު ގައި 1 މިލިޔަނަށް ވުރެ ގިނަ ކޮޓަރި މެނޭޖްކުރާ ފަރާތެކެވެ. އެންމެ ބޮޑު މާކެޓަކީ، ޗައިނާގެ ސަރުކާރުންނެވެ. އެންމެ ބޮޑު މާކެޓަކީ ޗައިނާ އެވެ. ދެން ޖެހިގެން ޗައިނާ އެވެ. އޭގެ ފަހުން އިންޑިޔާ އެވެ. އެމެރިކާ އާއި، ދެކުނު އޭޝިޔާ އާއި، ހުޅަނގާއި، ޔޫރަޕާއި، އެމެރިކާ އާއި، ދެކުނު އޭޝިޔާގެ ޤައުމުތަކައެވެ.

މެނޭޖްކުރާ 43000 ރޫމްގެ ތެރެއިން އެއްވެސް ރޫމަކަށް އޭނާގެ ކުންފުނީގެ މިލްކުގައިވާ ތަންތަނެއް ނޫނެވެ. އަހަރެމެން ސަޢޫދީ ޢަރަބިޔާއަށް އައީ، މީގެ 10 މަސް ކުރިންނެވެ. މިހާރު އަހަރެމެން އަތުގައި ސަޢޫދީ ޢަރަބިޔާ ގެ 14 ސިޓީއެއް ގައި 9000 ކޮޓަރި ހުންނާނެ ކަމަށެވެ. ހަލައްކަ ކަސްޓަމަރުން ކުރިޔަށް އޮތް އަހަރުގައި 2 މިލިޔަން ކަސްޓަމަރުންނަށް ހެދުމަކީ އަމާޒެކެވެ.

އެނގެން ހުރި މަޢުލޫމާތަށް ބަލާއިރު، އޮޔޯ ގެ އަގަކީ 10 ބިލިޔަން އެމެރިކާ ޑޮލަރެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top