Advertisement

ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ރައީސް ބައްލަވާލައްވައިފި

FacebookTwitterWhatsAppTelegramViber

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ކުރިއަށް ދާ ގޮތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިއްޔެ ބައްލަވާލައްވައިފި އެވެ.

ވީއައިއޭ ތަރައްގީކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށް ރައީސް އިއްޔެ މެންދުރުފަހު އެއާޕޯޓަށް ކުރެއްވި ޒިޔާރަތުގައި، އެ އެއާޕޯޓުގައި ތަރައްގީކުރަމުންދާ ސީޕްލޭން ޓާމިނަލްގެ މަސައްކަތާއި ސީޕްލޭން މެއިންޓަނަންސް ރޭމްޕް، އެއާޕޯޓުގެ އާ ޕަސެންޖަރު ޓާމިނަލް އަދި އާ އޭޕްރަން އަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ މަސައްކަތްތައް ބައްލަވާލެއްވި އެވެ.

މީގެ އިތުރުން، އާ ކާގޯ އޭރިޔާ އަށް ޒިޔާރަތްކުރައްވައި އެ ތަނުގެ މަސައްކަތްތައް ވެސް އެ މަނިކުފާނު ބައްލަވާލެއްވި އެވެ.

ރާއްޖޭގެ މައި އެއާޕޯޓު ތަރައްގީކުރުމަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) ގެ މަޝްރޫއެއް ކުރިއަށް އެބަ ގެންދެ އެވެ. މި ބިޔަ މަޝްރޫއުގެ ދަށުން، 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން އާ ރަންވޭއެއް ހަދާފައި ވާއިރު، އާ ޕެސެންޖަރު ޓާމިނަލަކާއި ފިއުލް ފާމަކާއި ސީޕްލޭން ޓާމިނަލެއްގެ އިތުރުން އެހެނިހެން ސަޕޯޓް ފެސިލިޓީތައް ވެސް ގާއިމްކުރުމަށް ހަމަޖެހިފައިވެ އެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top