Advertisement

ޕިކްނިކް އައިލެންޑް މަޝްރޫއަށް އާއްމުންގެ ހިޔާލު ހޯދަނީ

FacebookTwitterWhatsAppTelegramViber

މާލެ ސަރަހައްދުގައި ދަތުރު ދިއުމަށް ހަދާ ޕިކްނިކް އައިލެންޑް މަޝްރޫއަށް އާއްމުންގެ ހިޔާލު ހޯދުމަށް ނިންމައިފި އެވެ.

އާއްމުންގެ ހިޔާލު ހޯދުމަށް ޕްލޭނިން މިނިސްޓްރީން ބާއްވާ ބައްދަލުވުން އޮންނާނީ އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ހަވީރު 4:00 އިން 6:00 އަށެވެ. މި ބައްދަލުވުމަށް ވީހާ ވެސް ގިނަ ބަޔަކު ގޮސް ހިޔާލު ހުށަހެޅުމަށް ޕްލޭނިން މިނިސްޓްރީން ވަނީ އެދިފަ އެވެ.

މާލެ ސަރަޙައްދުގައި ހަދާ ޕިކްނިކް އައިލެންޑް ހެދުމަށް ހަމަޖެހިފައި ވަނީ އެނބޫދޫފަޅުގައި ތައިލެންޑުގެ ސިންހަ އެސްޓޭޓުން ހިންގާ "ކްރޮސްރޯޑްސް" މަޝްރޫގެ ބައެއްގެ ގޮތުގަ އެވެ. އެއީ އެ ފަޅުގައި ހިއްކައިގެން ހަދާފައިވާ ނުވަ ރަށުގެ ތެރެއިން އެއް ރަށް ހާއްސަކޮށްގެންނެވެ.

އެނބޫދޫފަޅުގައި ހަދާ ޕިކްނިކް އައިލެންޑްގެ އެކިއެކި މަސައްކަތް ކުރުމަށް މިހާރު ވަނީ އެކި ކުންފުނިތަކާ އެކު އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

އެއް ދުވަހުގެ ދަތުރު ދެވޭގޮތަށް ތައްޔާރުކުރާ މި ޕިކްނިކް އައިލެންޑުގައި މޫދު ކުޅިވަރާއި ކުޑަކުދިންނަށް ހާއްސަ ސަރަޙައްދުތަކާއި ރެސްޓޯރަންޓާއި ފެމިލީ ރޫމްތައް ފަދަ ހިދުމަތްތައް ލިބެން ހުންނާނެ އެވެ. އަދި މޫދަށް އެރޭ ސަހުރަހަދަކާއި އަންހެނުންނާއި ފިރިހެނުންނަށް އެއްޗިހި ބަދަލުކުރަން ވަކި ހާއްސަ ކޮޓަރިތަކާއި ތަކެތި ރައްކާކޮށް ބަހައްޓަން ސްޓޯރޭޖެއް ވެސް ހުންނާނެ އެވެ.

މާލެ ކައިރިން ދަތުރު ދިއުމަށް ރަށެއް ހަމަޖެއްސުމަކީ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ނިންމާފައި އޮތް ކަމެކެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top