Advertisement

އެމިރޭޓްސް އެއަރލައިން ގެ ފައިދާ 282 ޕަސެންޓް މައްޗަށް

FacebookTwitterWhatsAppTelegramViber

މި އަހަރުގެ ފުރަތަމަ 6 މަސް ދުވަހު އެމިރޭޓްސް އެއަރލައިނަށް ލިބުނު ފައިދާ 282 ޕަސެންޓް މައްޗަށް ޖެހި 862 މިލިޔަން ދިރުހަމް (235 މިލިޔަން އެމެރިކާ ޑޮލަރު) ގެ ފައިދާއެއް ލިބިއްޖެ އެވެ. މައިގަނޑު ސަބަބެއް ކަމަށް ބެލެވެނީ، ތެލުގެ އަގު ހެޔޮވުމެވެ.

މި ފައިދާ ލިބިގެން މިދިޔައީ، 10 އަހަރުގެ ތެރޭގައި އަހަރަކަށް ލިބުނު އެންމެ ކުޑަ ފައިދާ (69 ޕަސެންޓް) މާޗް 2019 ގެ ކުރިޔަށް ފާއިތުވެދިޔަ އަހަރު ލިބުމަށް ފަހުގައެވެ.

ޔޫއޭއީ ގެ ދުބާއީ ގައި ބޭސްވެފައިވާ އެމިރޭޓްސް އަށް ފައިދާ އިތުރުވި އެހެން ސަބަބެއް ކަމަށް ބެލެވެނީ، މަތިންދާ ބޯޓުތަކުގައި ސީޓުތައް އެތުރުން ހުންނަ ގޮތުން އިތުރުވެގެންދިޔަ ޖާގައެވެ. އެގޮތުން ބަލާއިރު، އުފުލި ފަސިންޖަރުންގެ ޢަދަދު ކުރީ އަހަރަށް ވުރެ 2.3 ޕަސެންޓަށް އިތުރުވެ 29.6 މިލިޔަން ފަސިންޖަރުން އެ މުއްދަތުގައި ވަނީ އުފުލާފައެވެ.

އެމިރޭޓްސް އިން ނެރުނު ނޫސް ބަޔާނެއް ގައި ވާ ގޮތުގައި، މީގެ އެއް އަހަރާ އަޅާބަލާއިރު، އެމިރޭޓްސް އިން ވަނީ، ދުބާއީ އަށް 7.9 ޕަސެންޓް އިތުރަށް ފަސިންޖަރުން އުފުލާފައެވެ. ލިބުނު އާމްދަނީ 2019-2020 ބައި އަހަރު ގައި 3 ޕަސެންޓަށް ދަށްވެ، ލިބުނީ 47.3 ބިލިޔަން ދިރުހަމް ގެ އާމްދަނީ އެކެވެ.

އެއަރލައިން ގެ އިތުރަށް އެއަރޕޯޓް ގެ ޚިދުމަތްދޭ ޑަނާޓާ ފަދަ އެހެން އިދާރާތައް ހިމެނޭ އެމިރޭޓްސް ގްރޫޕަށް ލިބުނު ފައިދާ 8 ޕަސެންޓަށް އިތުރުވެ 1.2 ބިލިޔަން ދިރުހަމް ލިބުނެވެ. ލިބުނު އާމްދަނީ 2 ޕަސެންޓަށް ދަށްވެ، ލިބުނީ 53.3 ބިލިޔަން ދިރުހަމްގެ އާމްދަނީ އެކެވެ. މައިގަނޑު ސަބަބުތަކެއް ކަމަށް އެ ގްރޫޕުން ބުނީ، ސެޕްޓެމްބަރ މަހު އިނގިރޭސިވިލާތުގެ ތޯމަސްކުކް ބަނގުރޫޓުވުމާއި، ދުބާއީ އިންޓަނޭޝަނަލް އެއަރޕޯޓުގެ ރަންވޭ ވަގުތީގޮތުން ބަންދުކުރުމާއި، ފައިސާގެ އެކްސްޗޭންޖް ރޭޓުތަކަށް އައި ބަދަލެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top