ޗުއްޓީ ހޭދަކުރުމަށް އެންމެ ގިނަ ބަޔަކު ދިޔުމަށް އެދޭ މަންޒިލަކީ ރާއްޖެ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ރާއްޖެއިން ބޭރުގެ ކުންފުންޏެއް ކަމަށްވާ "ބައުންސް" އިން ހަދާދފައިވާ ދިރާސާއިން ދާއްކާ ގޮތުގައި 2.45 މިލިއަން މީހުން ވަނީ ރާއްޖޭއާ ބެހޭ މައުލޫމާތުތައް ހޯދާފަ އެވެ. އެގޮތުން ހޯދާފައިވާ މައުލޫމާތުތަކުގެ ތެރޭގައި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އެންމެ ރަގަޅު ރިސޯޓްތަކާއި ހޮޓާތަކާއި ފްލައިޓްތަކުގެ މައުލޫމާތު ވަނީ ހޯދާފަ އެވެ.

"ބައުންސް" އިން މިދިރާސާ ހަދާފައިވަނީ ގޫގަލްގެ ޑޭޓާ އަށް ބަލައިގެންނެވެ. އެ ދިރާސާގައި ގޫގަލްގެ މިދިޔަ އަހަރުގެ 12 މަސް ދުވަހުގެ ޑޭޓާ ވަނީ އެނަލައިޒް ކޮށްފަ އެވެ.

އެ ލިސްޓުގެ އެއްވަނައިގައި ރާއްޖެ އޮތް އިރު ދެވަނައިގައި އިންޑިއާ، ތިންވަނައިގައި ސިންގަޕޫރު އަދި ހަތަރުވަނައިގަތި އޮތީ ކޮސްޓަރީކާ އެވެ.

މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް އައީ 1.3 މިލިއަން ޓޫރިސްޓުންނެވެ. މީގެ ތެރޭގައި ގިނައީ އިންޑިއާގެ ޓޫރިސްޓުންނެވެ. މި އަހަރު ދެ މިލިއަން ޓޫރިސްޓުން ގެނެވޭނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ލަފާ ކޮށްފަ އެވެ.