Advertisement
ކުރިއަށް އޮތް އަހަރުގެ ތެރޭގައި، އެންމެ ބޮޑު އިސްކަމެއް ދީގެން ހިންގާނެ އެއް މަޝްރޫއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ މަޝްރޫއު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު، އެ މަސައްކަތް މިހާރު އަލުން ފަށައިގެން ވަރަށް ހަލުވިކަމާ އެކު ކުރިއަށް ދާ ކަމަށެވެ. ޓާމިނަލްގެ މަސައްކަތް މިހާރު ކުރިއަށް އެ ދަނީ، ރާއްޖެ ސިފަވާ ގޮތަށް ޑިޒައިނަށް ވެސް ބަދަލު ގެނެސްގެން ކަަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ބޯޑިން ބްރިޖްތަކާ އެކު ޓާމިނަލް ނިމޭއިރު، އަހަރަކު ތިން މިލިއަން މީހުންނަށް ހިދުމަތް ދެވޭ ވަރަށް ޓާމިނަލްގެ ޖާގަ އިތުރުވެގެންދާނެ ކަމަށެވެ.
ވީއައިއޭ ތަރައްގީކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ކުރިއަށް ދާ ގޮތް ރައީސް ސޯލިހް ވަނީ މިދިޔަ ހަފްތާގައި ބައްލަވާލައްވާފަ އެވެ.
ރާއްޖޭގެ މައި އެއާޕޯޓު ތަރައްގީކުރުމަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) ގެ މަޝްރޫއެއް ކުރިއަށް އެބަ ގެންދެ އެވެ. މި ބިޔަ މަޝްރޫއުގެ ދަށުން، 373 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) ހަރަދުކޮށްގެން އާ ރަންވޭއެއް ހަދާފައި ވާއިރު، އާ ޕެސެންޖަރު ޓާމިނަލަކާއި ފިއުލް ފާމަކާއި ސީޕްލޭން ޓާމިނަލެއްގެ އިތުރުން އެހެނިހެން ސަޕޯޓް ފެސިލިޓީތައް ވެސް ގާއިމްކުރުމަށް ހަމަޖެހިފައިވެ އެވެ.
އާ ޓާމިނަލްގެ މަސައްކަތް މިހާރު ނިންމަން ކަނޑައަޅާފައި ވަނީ 2022 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށެވެ.
އައްޑޫ ބިން ހިއްކުމާއި މަގުގެ ޑިޒައިން 100 މިލިއަނަށް އިންޑިއާ 2 ކުންފުންޏަށް
ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ހޯދި ކާމިޔާބީ ދިރާގުން ފާހަގަކޮށްފި
މިދިޔަ މަހު އެކްސްޕޯޓް ދަށްވެއްޖެ، އިމްޕޯޓް މައްޗަށް
އެމެރިކާ މީހުން މި އަހަރު އެންމެ ގިނައިން ގޫގްލް ކުރި މަންޒިލަކީ ރާއްޖެ
މިދިޔަ 10 އަހަރުގެ އެންމެ ރަނގަޅު އާ ހޮޓާތަކުގެ ތެރޭގައި ރާއްޖޭގެ 3 ރިސޯޓް
އެމޭޒަން އިން ބޭނުންވަނީ ރޮބޮޓްގެ އެހީގައި 30 މިނެޓުން މުދާ 'ޝިޕް'ކުރަން