Advertisement
ޔޫއޭއީ ގެ ސުޕްރީމް ޕެޓްރޯލިއަމް ކައުންސިލުން ހޯމަ ދުވަހު ވަނީ، އެޑްނޮކް މުރުބާން ސާފުނުކުރާ ތެލުގެ އަގު ކަނޑައަޅާނެ އާ މެކޭނިޒަމެއް އިޢުލާންކޮށްފައެވެ. މި މެކޭނިޒަމް ސްޓޮކް އެކްސްޗޭންޖެއް ގައި ލިސްޓުކުރާނެ އެވެ. މި ކައުންސިލުން ކުރި އަނެއް އިޢުލާނަކީ، އަބޫދާބީ ގެ ތެލާއި ގޭހުގެ ރިޒާވް އިތުރުވެގެންދިޔަ ވާހަކައެވެ.
ކައުންސިލުން ހާމަކުރި ގޮތުގައި، ގާތްގަޑަކަށް 7 ބިލިޔަން ފީފާގެ ތެލާއި، 58 ޓްރިލިޔަން ކިއުބިކް ފޫޓުގެ ގޭސް ވަނީ އަލަށް ހޯދިފައެވެ. އެއާއެކު، ޔޫއޭއީ މިހާރު ވެފައިވަނީ، ދުނިޔޭގެ ތެލާއި ގޭހުގެ ރިޒާވް ހަވަނަ އަށް އެންމެ ގިނައިން ހުރި ޤައުމަށެވެ. އެއީ، ޖުމްލަ 105 ބިލިޔަން ފީފާގެ ތެލާއި، 273 ޓްރިލިޔަން ކުއިބިކް ފޫޓުގެ ކޮންވެންޝަނަލް ގޭހާ އެކު އެވެ.
ޔޫއޭއީ ގެ ސުޕްރީމް ޕެޓްރޯލިއަމް ކައުންސިލްގެ އެނައުންސްމެންޓް ކޮށްފައިވަނީ، އަބޫދާބީގެ ވަލީ ޢަހްދު އަދި ޔޫއޭއީ ގެ ސިފައިންގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ ޝައިޚް މުޙައްމަދު ބިން ޒާއިދު ބިން އާލް ނެހެޔާން ގެ ރިޔާސަތުގެ ދަށުން ބޭއްވި ބައްދަލުވުމެއް ގައެވެ.
ތެލުގެ އާ ރިޒާވް އިޢުލާންކުރި އިރު، 160 ޓްރިލިޔަން ކިއުބިކް ފޫޓުގެ އަންކޮންވެންޝަނަލް ގޭސް ހޯދުނުކަން ވެސް އިޢުލާންކޮށްފައެވެ.
އައްޑޫ ބިން ހިއްކުމާއި މަގުގެ ޑިޒައިން 100 މިލިއަނަށް އިންޑިއާ 2 ކުންފުންޏަށް
ސައުތު އޭޝިއަން ގޭމްސްގައި ސާއިދު ހޯދި ކާމިޔާބީ ދިރާގުން ފާހަގަކޮށްފި
މިދިޔަ މަހު އެކްސްޕޯޓް ދަށްވެއްޖެ، އިމްޕޯޓް މައްޗަށް
އެމެރިކާ މީހުން މި އަހަރު އެންމެ ގިނައިން ގޫގްލް ކުރި މަންޒިލަކީ ރާއްޖެ
މިދިޔަ 10 އަހަރުގެ އެންމެ ރަނގަޅު އާ ހޮޓާތަކުގެ ތެރޭގައި ރާއްޖޭގެ 3 ރިސޯޓް
އެމޭޒަން އިން ބޭނުންވަނީ ރޮބޮޓްގެ އެހީގައި 30 މިނެޓުން މުދާ 'ޝިޕް'ކުރަން