އެންޒީގެ މަސް ޕެކެޓެއްގެ ތެރެއިން ދިރޭ ސޫފިތަކެއް ފެނިއްޖެ އެވެ.

އެންޒީގެ މަސްޕެކެޓަކުން ސޫފިތަކެއް ފެންނަ މަންޒަރު ދައްކައިދޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ވީޑިއޯއިން ފެންނަނީ އެ ކުންފުނިން ވިއްކާ މުގުރި ހިކިމަސް ޕެކެޓެއްގެ ތެރެއިން ސޫފިތަކެއް ދުވާ މަންޒަރެވެ.

ވީޑިއޯގައި ފެނުނު މަސްޕެކެޓުގެ މުއްދަތު ހަމަވަނީ މިއަހަރުގެ ޖުލައި މަހުގައި ކަމަށް ވެސް ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް އެންޒީ ބްރޭންޑްގެ މަސް ވިއްކާ އެންސިސްގެ ބަހެއް ލިބޭ ގޮތެއް ނުވެ އެވެ.

ކާބޯ ތަކެތީގެ ވިޔަފާރިކުރާ އެކި ކުންފުނިތަކުގެ އުފެއްދުންތަކުން ދިރޭ ސޫފި، އަދި އެހެނިހެން ތަކެތި ފެންނަ އިރު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ދިރޭ އެއްޗިއްސާއި ޖަރާސީމު ފެންނަ ބާވަތްތަކުގެ ތަކެތި ބޭނުން ނުކުރަން އަންގާފަ އެވެ.