އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންއިން މިއަހަރުގެ ރަމަޟާންް މަހާ ދިމާކޮށްް "ނިޕޯން ރަމަޟާން ބާޒާރު ޕްރޮމޯޝަން" މިއަދު ފަށައިފި އެވެ.

އެސްޓީއޯ ޕެއިންޓް ޝޯރޫމްގައި ބޭއްވި ހަފްލާއެއްގައި މި ޕްރޮމޯޝަން އިފްތިތާހު ކޮށްދެއްވީ އެސްޓީއޯގެ ސީއީއޯ ހުސެން އަމްރު އެވެ.

މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 30 ގެ ނިޔަލަށް އެސްޓީއޯ ނިޕޯން ޝޯރޫމް އަދި އެސްޓީއޯ ހުޅުމާލެ ފިހާރައިގަ އެވެ. އަދި ކުލައާއި ދަވާދު ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މިޕްރޮމޯޝަންގައި 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބެ އެވެ.

މީގެ އިތުރުން މިޕްރޮމޯޝަން ހިނގަމުންދާއިރު، ޕެއިންޓް އައިޓަމް ގަންނަ ފަރާތްތަކަށް ހާއްސަކޮށްގެން ލަކީޑްރޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލެވިފަ އެވެ. މިގޮތުން 1،000 ރުފިޔާގެ ކޮންމެ ވިޔަފާރިއަކަށް ޑިޖިޓަލް ކޫޕަންއެއް ލިބޭނެ ކަމަށް ވެސް އެސްޓީއޯ އިން ބުނެފައިވެ އެވެ.

ނިޕޮން ޕެއިންޓްގެ ޕްރޮމޯޝަން ނިމުމުން ނަސީބުވެރި ފަރާތެއް ހޮވައި، އެ ފަރާތަށް ޝީޝާގެ ސްކޫޕީ ކުލަބް 12 ގެ ސައިކަލެއް ލިބިގެންދާނެ

ޕްރޮމޯޝަން ނިމުމުން ނަސީބުވެރި ފަރާތެއް ހޮވައި، އެ ފަރާތަށް ޝީޝާގެ ސްކޫޕީ ކުލަބް 12 ގެ ސައިކަލެއް ލިބިގެންދާ މި ޕްރޮމޯޝަންގައި އަދިވެސް އިތުރު އަގުހުރި އިނާމްތަކެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެވެ.

އެސްޓީއޯއިން އެތައް އަހަރެއް ކުރިން މާކެޓް ކުރަމުން އަންނަ ނިޕޯން ޕެއިންޓް އަކީ ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ލިބި، މަގްބޫލުކަން ހޯދާފައިވާ ބްރޭންޑެކެވެ. މިހާރު ނިޕޯން ޝޯރޫމް ހުންނަނީ އާމީނީ މަގުގައި ހުންނަ އެސްޓީއޯ ކޮންސްޓްރަކްޝަން ވެއާ ހައުސް އިމާރާތުގަ އެވެ.