"ވިލާ މާޓް" ސުޕަމާޓް ޗެއިންގެ ހަތަރު ވަނަ ފިހާރަ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްގެ ޓަވަރު 14 ގައި ރޭ ހުޅުވައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު އަމިއްލަ ވިޔަފާރި ކުންފުނި، ވިލާ ގްރޫޕްގެ ސަބްސިޑަރީ، ވިލާ ޓްރޭޑިންގެ ދަށުން ހިންގާ ވިލާ މާޓުތަކުން ހިދުމަތް ދޭން ފުރަތަމަ ފަށާފައި ވަނީ މާޗު 2021 ގަ އެވެ.

ވިލާ ޓްރޭޑިން އިން ބުނީ ހިޔާ ފްލެޓް ހިމެނޭ ސަރަހައްދުގައި އެ ޗެއިންގެ މާޓެއް ހުޅުވީ މާލެއަށްފަހު އެންމެ އާބާދީ ބޮޑު އަދި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ ތަނަކީ ހުޅުމާލެ ކަމަށް ވެފައި، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން، އެ ސަރަހައްދުގައި ތަކެތި ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް ވީހާ ވެސް ކައިރިން، ފަސޭހަކަމާ އެކު ހިދުމަތް ދިނުމަށް ކަމަށެވެ.

ވިލާ ޓްރޭޑިން އިން ބުނީ ވިލާ މާޓް 4 އިން ކާބޯތަކެއްޗާއި ތައްޔާރީ ކާނާގެ އިތުރުން ރީތިވާ ސާމާނާއި ގޭތެރޭގައި އާންމުކޮށް ބޭނުންކުރާ ގިނަ ސާމާނު ލިބޭނެ ކަމަށެވެ. އަދި ވިލާ މާޓުގެ އެހެން ފިހާރަތަކެކޭ އެއް ފަދައިން މި ފިހާރައިން ވެސް ކޮލިޓީ އުފެއްދުންތައް ހެޔޮ އަގުތަކުގައި ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ހިޔާ ފްލެޓް 14 ގައި ހުޅުވި ވިލާ މާޓް އިން މީހަކު ވިޔަފާރިކުރަނީ. ފޮޓޯ: އެޗްޑީސީ

ވިލާ މާޓުން ލިބޭ ހުރިހާ ސާމާނެއް ވިލާމާޓު. އެމްވީ ވެބްސައިޓުންނާއި އެޕުން އޯޑަރު ކުރުމުން މާލެ އާއި ހުޅުމާލެ ފޭސް 1 އަދި 2 އަށް ޑެލިވަރީ ކޮށްދެ އެވެ. އަދި، އަތޮޅުތަކަށް ދަތުރުކުރާ ބޯޓުތަކަށް ވެސް ޑެލިވަރީ ކޮށްދޭނެ ކަމަށް ވިލާ ޓްރޭޑިން ބުނެ އެވެ.

އެ ކުންފުނީ މި ޚިދުމަތުގެ އިތުރުން ވިލާ މާޓު ހަތަރެއްގައި އެކްސްޕްރެސް ކިއު އެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ކިއުއިން މަދު އަދަދެއްގައި އެއްޗެހި ބައްލަވައިގަންނަވާ ކަސްޓަމަރުންނަށް އަވަސް ހިދުމަތް ދިނުމަށް ހަމަޖެފައިވާ ކަމަށް ވެސް ވިލާ ޓްރޭޑިން އިން ބުންޏެވެ.

ވިލާ މާޓުގެ ފިހާރަތަކަށް މިހާރު ވެސް އާންމުންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

މި ފިހާރައިގެ އިތުރުން، ވިލާ މާޓު ފިހާރަތަކަށް އިތުރުވި ވިލާ މާޓް 3 ހުންނަނީ ގ. ފަތުރުވެހި، ރެހެންދި މަގުގަ އެވެ. ވިލާ މާޓް –2 ހުންނަނީ މއ. ކަޝިޝް. މަޖީދީ މަގުގަ އެވެ. އަދި ވިލާ މާޓު 1 ހުންނަނީ މ. ސްޓާ ބިލްޑިން، ފަރީދީ މަގުގަ އެވެ.