Advertisement

މަންޓާ އެއާގެ ހަ ވަނަ ސީޕްލޭން ރާއްޖެ ގެެނެސްފި، މި ބޯޓު ވަރަށް ހާއްސަ

FacebookTwitterWhatsAppTelegramViber

މަންޓާ އެއާގެ ހަ ވަނަ ސީޕްލޭން މިއަދު ރާއްޖެ ގެނެސްފި އެވެ.

މިދިޔަ ފެބްރުއަރީ މަހު ވައިގެ ދަތުރުތައް ފެށި މަންޓާ އެއާގެ ސީޕްލޭން ފްލީޓަށް އިތުރުކުރާ ހަ ވަނަ ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ޖައްސާފައި ވަނީ މިއަދު ހަވީރު 5:00 ހާއިރު އެވެ.

މިއީ ވަރަށް ހާއްސަ ބޯޓެކެވެ. މި ބޯޓު ހާއްސަވާ ސަބަބަކީ، މިއީ ޓުވިން އޮޓާ ޑީއެޗްސީ 300-6 ސީރީޒްގައި އެންމެ ފަހުން އުފެއްދި ބޯޓެވެ. އޭގެ ފަހުން، ޑިހެވިލޭންޑް ކެނެޑާ ކުންފުނިން ވަނީ ޑީއެޗްސީ 300-6 ސީރީޒް ހުއްޓާލާފަ އެވެ.

މަންޓާ އެއާ އިން ވަނީ މިދިޔަ މަހު އެ އެއާލައިންގެ ފުރަތަމަ ތިން ސީޕްލޭން އަދި މި މަހުގެ ކުރީކޮޅު ހަތަރު ވަނަ ސީޕްލޭން ރާއްޖެ ގެނެސްފަ އެވެ. އެ އެއާލައިންގެ ފަސް ވަނަ ސީޕްލޭން ރާއްޖެ ގެނެސްފައި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހު އެވެ.

އެންމެ ފަހުގެ ޓެކްނޮލަޖީ، ގާމިން ޖީ950 އެންއެކްސްއައި ނެކްސްޓް ޖެނެރޭޝަން ފްލައިޓް ޑެކް ޓެކްނޮލަޖީއާ އެކު ވެދާ ރާޑަރެއް ހިމެނޭ މި ސީޕްލޭންތަކުގައި ދެ ޕައިލެޓުންނާ އެކު 15 މީހުންގެ ޖާގަ ހުންނާނެ އެވެ.

މުޅި އެކު 10 ސީޕްލޭން ގެންނަން ނިންމާފައިވާ މަންޓާ އެއާ އިން ވަނީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު ސީޕްލޭންގެ ހިދުމަތް އިފްތިތާހުކޮށްފަ އެވެ. އެގޮތުން، މަންޓާ އެއާގެ ސީޕްލޭން ހިދުމަތާ އެކު އެ ދުވަހު ވަނީ އެ އެއާލައިންގެ ސީޕްލޭން ޓާމިނަލް އަދި ލައުންޖް ވެސް ހުޅުވާފަ އެވެ. އަދި މިދިޔަ ބުދަ ދުވަހު ވަނީ ރަސްމީކޮށް ކުރި ފުރަތަމަ ދަތުރު ދ. އަތޮޅުގައި އޮންނަ ރިއު ހޮޓެލްސް މޯލްޑިވްސް އަށް ކޮށްފަ އެވެ.

މަންޓާ އެއާ އިން ސީޕްލޭން ދަތުރު ފަށާފައި ވަނީ ފްލައިޓު ޝެޑިއުލް ދުރާލާ އާންމުކޮށް، ފަސިންޖަރުންނަށް ސީޓް ބުކް ކުރެވޭނެ ގޮތަށެވެ.

ފަސިންޖަރުންނާ ގާތް ގުޅުމެއް ބާއްވައި ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދެމުން އަންނަ މަންޓާ އެއާ އިން މިހާރު އެތެރޭގެ ވައިގެ ދަތުރުގެ ހިދުމަތް ދެމުން އަންނަނީ ދ. ކުޑަހުވަދޫ އަށާއި ބ. ދަރަވަންދޫ އަށެވެ. އެހެން ނަމަވެސް، އިތުުރު މަންޒިލްތަކަށް ދަތުރު ފެށުމަށް މަންޓާ އެއާ އިން ދަނީ ތައްޔާރުވަމުންނެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top